އެމްޓީސީސީ އިން ބުނީ ޕްރޮޖެކްޓް ސައިޓަށް ބޮޑު ހިލައިގެ ޝިޕްމެންޓް ގެންގޮސްފައިވަނީ އަންގާރަ ދުވަހު ކަމަށެވެ.
އެ މަޝްރޫގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެތެރޭގައި، 24،125 ކިއުބިކް މީޓަރރު ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 376 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ. އަދި 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1,150 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.
ށ. ބިލައްފަހީގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުއަކީ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.