ޕޮލިހުން ބުނީ މިމަހުގެ 23 ވަނަދުވަހު މިފޭރުމުގެ އަމަލު ހިންގާފައިވަނީ މަޖީދީ މަގުން ކާރަށް ދެމީހަކު އަރައި ހުޅުމާލެއަށް ދާން ކަމަށް ބުނެއެވެ. މިކަން ރފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އޮކްޓޫބަރު 23 ވަނަ ދުވަހުގެ ރެއެވެ.
ފުލުހުން ބުނީ މިމައްސަލަ އާ ގުޅިގނ ްއަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
ފުލުހުން ބުނީ ޓެކްސީ ޑްރައިވަރު އަތުން 700 ރުފިޔާ ފޭރުމަށްފަހު އެމީހުން ވަނީ ޓެކްސީން ފައިބައިގެން ގޮސްފައި ކަމަށެވެ.
މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އނަންނަކަމަށްވެސް ފުލުހުން ބުނެއެވެ.
ފޭރުމުގެ ހާދިސާ ތަކާއި މާރާމާރީގެ ހާދިސާތައް މިފަހަކަށް ދަނީ ގިނަވަމުންނެވެ.