
މި މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތް 30 އޮކްޓޯބަރ 2021 ވަނަ ދުވަހު ވަނީ ނިމިފައި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މީގެއިތުރުން މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ހާބަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު -- ފޮޓޯ : އެމްޓީސީސީ
ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން، 24,125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 1,150 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.
ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު -- ފޮޓޯ : އެމްޓީސީސީ
ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.