ads
ނޫންތަގެ މަންޒަރެއް…
އިންތިޒާރަށް ނިމުމެއް! "ނޫންތަ؟" މި މަހު 20 ގައި ބައިސްކޯފަށް!
ދިވެހި "ނެޓްފްލިކްސް" ގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ބައިސްކޯފުގެ ކުރިޔަށް އޮތް ޑްރާމާ ސީރީޒް "ނޫންތަ؟" އަށް ބެލުންތެރިން އިންތިޒާރު ކުރަމުން ދަނިކޮށް މި މަހު 20 ގައި އެ ސީރީޒް ބައިސްކޯފުން ރިލީޒްކުރަން ނިންމައިފި އެވެ.
Advertisement

“ނޫންތަ" އަކީ ބައިސްކޯފުގައި ސްޓްރީމްކުރި މަގުބޫލު ސީރީޒް "އެހެނަސް"ގެ ރައިޓަ އަދި ކްރިއޭޓަރު އަހުމަދު އިގްބާލް އާއި ނާއިޝާ ނާޝިދު ޑައިރެކްޓްކުރާ ޑްރާމާ ސީރީޒެކެވެ.

އެ ސީރީޒްގައި ގެނެސްދޭ ހަ އެޕިސޯޑަކީ ވެސް ތަފާތު ހަ ވާހަކައެއްގެ މައްޗަށް ބިނާ ކޮށް ގެނެސްދޭނެ ހަ އެޕިސޯޑެވެ.

އެގޮތުން "ނޫންތަ؟" ގެ ފުރަތަމަ އެޕިސޯޑު ރޫލްސް އެންޑް ރެގިއުލޭޝަން ރިލީޒްކުރަން މިހާރު ތައްޔާރުވެފައިވާއިރު އެ އެޕިސޯޑުގެ ޓްރެއިލާއެއް ވެސް ދާދި ފަހުން ވަނީ ބައިސްކޯފުގެ ޕޭޖަށް ދޫކޮށްލައިފަ އެވެ.

އެ ޓްރެއިލާ އިން ސީރީޒްގެ އެ އެޕިސޯޑަށް ކުރެވޭ އިންތިޒާރު ބޮޑުކުރި އިރު ޓްރެއިލާ އިން ދައްކުވައިދެނީ ލޯބީގެ އަސަރުގަދަ ވާހަކަ ތަކެކެވެ.

"ނޫންތަ؟" ގެ ފުރަތަމަ އެޕިސޯޑުގެ ލީޑުން ފެންނާނީ ފިލްމީ ދާއިރާގައި އެފަދަ ދެވަނައެއް ނުވާ ދެ ތަރިން ކަމަށްވާ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަހުމަދު އާސިމްގެ އިތުރުން އަދުހަމް އެވެ. އަދުހަމް ވަނީ މީގެ ކުރިން ވީޑިއޯ ލަވަ އަކުން ފެނިގެން ގޮސްފަ އެވެ. 

އޭގެ އިތުރުން "އެހެނަސް" ގެ ލީޑުން ފެނުން ޝަރާ އާއި ވިޝާލް(ރޯމަން) ގެ އިތުރުން ޝުހާ އަދި ސިލްނާ އާއި ނަތާޝާގެ އިތުރުން ޓީވީ ހޯސްޓު ޝަހޫ ފަދަ ތަރިން ވެސް އެ އެޕިސޯޑުން ފެންނާނެ އެވެ.

your image“ނޫންތަ؟”ގެ ފުރަތަމަ އެޕިސޯޑްގެ ޝޫޓިންގެ ތެރެއިން…

ތިން އެޕިސޯޑު އިގްބާލް ޑައިރެކްޓް ކުރަން ނިންމާފައިވާއިރު ބާކީ އިންނަ ތިން އެޕިސޯޑްގެ ޑައިރެކްޝަން ހަދާނީ ނާއިޝާ އެވެ. ކޮންމެ އެޕިސޯޑަކުން ވެސް އާ ފަންނާނުން ފެންނާނެ އެވެ.

މިހާރު ބައިސްކޯފުން ވަނީ މި ސީރީޒްގެ ދެވަނަ ވާހަކަ (ދެވަނަ އެޕިސޯޑު) ބިޓް އެންޑް ޕީސަސް ގެ ޓްރެއިލާ އެއްވެސް އާންމުކޮށްފަ އެވެ. އެ ޓްރެއިލާ އިން ފެންނަނީ އަރަމުން އަންނަ ބަތަލާ ވާޝިއާ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް