ads
ލަަންކާ ސީޝެލްސް މެޗުގެ ތެރެއިން
ލަންކާ އަތުން ސީޝެލްސް މޮޅުވެއްޖެ
މަހިންދަ ރާޖަޕްކަސާ ޓްރޮފީގައި، މުބާރާތް ހޯސްޓް ކުރާ ސްރީ ލަންކާ އަތުން ސީޝެލްސް މޮޅުވެއްޖެއެވެ.
Advertisement

ލަންކާއާ ސީޝެލްސް ކުޅުނު މެޗުން ސީޝެލްސް މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ، މެޗުގެ ހަމަ އެކަނި ލަނޑު ޖެހީ މެޗުގެ ފަހު ކޮޅު ސީޝެލްސްގެ ވޮރަން އެރިކްއެވެ. މި ނަތީޖާއާއި އެކު ސީޝެލްސް އޮތީ ޓޭބަލްގެ ދެވަނައިގައެވެ. 

ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ ސީޝެލްސް ކުޅެވަނީ އެއް ލަނޑު އެއްލަނޑުން އެއްވަރުވެފައެވެ. އެއަށް ފަހު މިރޭ ލަންކާ އަތުން ހޯދި މުހިމްމު ތިން ޕޮއިންޓާއެކު ސީޝެލްސް ދެވަނައިގަ އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. އެއްވަނައިގަ އޮތީ ރާއްޖެ އަތުން ހޮނިހިރު ދުވަހު ހަވީރު މޮޅުވި ބަންގްލަދޭޝްއެވެ. ބަންގްލަދޭޝްއަށްވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެއެވެ. އެއީ ރާއްޖެ އަތުން ހޯދި ތިން ޕޮއިންޓާ ފުރަތަމަ މެޗުގައި ސީޝެލްސް އަތުން ހޯދި ޕޮއިންޓެވެ. 

ލަންކާ ޓޭބަލްގެ ތިންވަނައިގަ އޮތް އިރު ރާއްޖެ އޮތީ ފުލުގައެވެ. ރާއްޖެއާ ލަންކާ، ކޮންމެ ޓީމަކަށްވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ. 

މުބާރާތުގެ ލީގު ބުރުގެ ފަހު ދެ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ. އަންގާރަ ދުވަހު ހަވީރު ރާއްޖެއާ ސީޝެލްސް ކުޅޭ އިރު އަންގާރަ ދުވަހުގެ ރޭ ކުޅޭނީ ބަންގްލަދޭޝްއާ ލަންކާއެވެ. މެޗުތަކުގެ ނަތީޖާތައް މިހާރު ނުކުމެފައިވާ ގޮތުން ހުރިހާ ޓީމަކަށްވެސް ފައިނަލުގެ ފުރުސަތު އެބައޮތެވެ. އެކަމަކު ލަންކާއާ ރާޢްޖެއަށް ޖެހެނީ ފަހު މެޗުތަކުން މޮޅުވާށެވެ. ބަންގްލަދޭޝްއާ ސީޝެލްސްއަށް ފަހު މެޗުތައް އެއްވަރުކޮށްލައިގެންވެސް ފައިނަލަށް ދެވޭނެއެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް