ads
އައިސަމް މެޗަށް ފަހު
ބޭނުންވީ އައިސަމް ކުޅުމުން ބޭރުކޮށްލަން
ރާއްޖެ ބަލިކުރުމަށް ބޭނުންވީ ރާއްޖޭގެ ޕްލޭމޭކަރު އިބްރާހީމް އައިސަމް ކުޅުމުން ބޭރުކުރަން ކަމަށާއި އެކަން އެ ގޮތަށްވުމުން ރާއްޖެ އަތުން މޮޅުވީ ކަމަށް ބަންގްލަދޭޝްގެ ކޯޗު ބުނެފިއެވެ.
Advertisement

މަހިންދަ ރާޖަޕަކްސާ ޓްރޮފީގައި ހޮނިހިރު ދުވަހު ހަވީރު ބަންގްލަދޭޝްއިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ ރޭވުންތެރިކަމާއެކު ކުޅެގެންނެވެ. މިއީ އަށާރަ އަހަރުގެ ތެރޭގައި ބަންގްލަދޭޝްއިން ރާއްޖޭގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ. މެޗަށް ފަހު މީޑިއާއާ ވާހަކަ ދައްކަމުން ބަންގްލަދޭޝްގެ ކޯޗު މާރިއޯ ލޭމޯސް ބުނީ، ރާއްޖޭގެ ޕްލޭމޭކަރު އައިސަމްގެ ކުޅުން ހުއްޓުވުމުން ރާއްޖެ ބަލިވީ ކަމަށެވެ.

ރާއްޖޭގެ ޕްލޭމޭކަރު އައިސަމްއަކީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ. އެހެންވެ އަހަރެއް ގޭމް ޕްލޭން ހެދީވެސް އައިސަމް ހުއްޓުވަން. އައިސަމް ކައިރީ މުޅި މެޗުގައި އަހަރެން ކުޅުންތެރިއަކު ބެހެއްޓިން.

މަހިންދަ ރާޖަޕަކްސާ މުބާރާތުގައި ކޮންމެ ޓީމަކުންވެސް ދެ މެޗު ކުޅެ ނިމުނު އިރު ހަތަރު ޕޮއިންޓާ އެކު އެއްވަނައިގަ އޮތީ ބަންގްލަދޭޝްއެވެ. އެއީ ރާއްޖެ އަތުން ހޯދި ތިން ޕޮއިންޓާ ފުރަތަމަ މެޗުގައި ސީޝެލްސް އަތުން ހޯދި ޕޮއިންޓާ އެކުއެވެ. ދެވަނައިގަ އޮތީ ސީޝެލްސްއެވެ. ސީޝެލްސްއަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވެއެވެ. އެއީ ބަންގްލަދޭޝް މެޗުން ހޯދި ޕޮއިންޓާ ހޮނިހިރު ދުވަހުގެ ރޭ ލަންކާ ބަލިކޮށް ހޯދި ތިން ޕޮއިންޓެވެ. ޓޭބަލްގެ ފުލުގައި އޮތީ ރާއްޖެއާ ލަންކާއެވެ. މި ދެ ޓީމަށްވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މުބާރާތުގެ ލީގު ބުރުގެ ފަހު ދެމެޗު މާދަމާ ނޫން އަނެއް ދުވަހު ކުޅޭނެއެވެ. އެއީ ބަންގްލަދޭޝްއާ ލަންކާގެ މެޗު އަދި ރާއްޖެއާ ސީޝެލްސްގެ މެޗެވެ. ފައިނަލުން ޖާގަ ހޯދުމަށް ބަންގްލަދޭޝްއާ ސީޝެލްސްއަށް ފަހު މެޗުތަކުން ޕޮއިންޓަކުން ފުދޭނެއެވެ. ރާއްޖެއާ ލަންކާއަށް ފަހު މެޗުތަކުން މޮޅުވުން މަޖުބޫރުވެ. މޮޅުވިޔަސް މޮޅުވަނީ ކިތައް ލަނޑުންކަންވެސް މިހާރު ޓޭބަލް އޮތް ގޮތުން މުހިއްމުވެއެވެ.

27%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް