ads
ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް
ކުޅުންތެރިންގެ ވިސްނުން ބަދަލުވާން ޖެހޭ
ގައުމީ ޓީމުގެ ކުޅުންތެރިންނާއި އަދި ޓީމުގެ ބައިވަރު ކަންތައްތައް ބަދަލުވާން ޖެހޭ ކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ ބުނެފިއެވެ. އަކްރަމް މިހެން ބުނީ، މަހިންދަ ރާޖަޕްކްސަ ޓްރޮފީގެ ލީގު ބުރުގެ ފަހު މެޗުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައެވެ.
Advertisement

ލަންކާގައި ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ޓްރޮފީގެ ލީގު ބުރުގެ ފަހު މެޗުގައި އަންގާރަ ދުވަހު ހަވީރު ރާއްޖެ ނުކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދަން މި މެޗުން މޮޅުވުން ރާއްޖެއަށް މަޖުބޫރުވެ. 

މެޗުގެ ކުރިން އޮންނަ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އަކްރަމް ބުނީ ކުޅުންތެރިންގެ ވިސްނުމާއި ވަރަށް ގިނަ ކަންކަން ބަދަލު ވާން ޖެހެ ކަމަށެވެ. އަދި ދަނޑު މަތީ ކުރަން ޖެހޭ މަސައްކަތް ރަނގަޅު ކުރަން ޖެހޭ ކަމަށާއި އަދި މަސައްކަތް ރަނގަޅު ކޮށްފިއްޔާ ކާމިޔާބުވާނެ ކަމަށް އަކުރަމް ބުންޏެވެ.

ކުޅުންތެރިންގެ ވިސްނުން ބަދަލުވާން ޖެހޭނެ. ދަނޑުމަތީގައި ކުރާ މަސައްކަތް ރަނގަޅުވާން ޖެހޭ އެބަ. އެ މަސައްކަތް ރަނގަޅުވެއްޖިއްޔާ މި އޮތް ޓީމަށް މިކަން ކާމިޔާބު ކުރެވޭނެ. އިންޝާﷲ އެކަން ކުރާނަން. ކަން ދިމާކުރި ގޮތުން މިއުޅެނީ އަޅުގަނޑުމެން އެންމެން ބޭނުންވި ނަތީޖާވެސް ނުނެރެވިގެން، ބޭނުންވި ބޯޅަވެސް ނުކުޅެވިގެން.

މަހިންދަ ރާޖަޕަކްސަ ޓްރޮފީގައި ލީގު ބުރުގައި ރާއްޖޭގެ ފަހު މެޗަށް މާދަމާ މެންދުރު ފަހު ސީޝެލްސްއާ ދެކޮޅަށް ނުކުންނައިރު މި މެޗަކީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމަށް މޮޅުވުން މަޖުބޫރު މެޗެކެވެ. މި މެޗުން ޕޮއިންޓެއް ހޯދައިގެންވެސް ސީޝެލްސްއަށް މުބާރާތުގެ ފައިނަލުން ފުރުސަތު ލިބޭނެއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ލަންކާއާ ދެކޮޅަށް ކުޅެ އެއްވަރުވެފައިވާއިރު ދެވަނަ މެޗުގައިވަނީ ބަންގްލަދޭޝް އަތުން ބަލިވެފައެވެ. މިއީ ވޭތިވެ ދިޔަ އަށާރަ އަހަރުގެ ތެރޭގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ ފުރަތަމަ ފަހަރެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް