ރާއްޖޭގެ ފުރަތަމަ އެގާރައަށް އައިސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ އަލީ އަޝްފާގު ބެންޗަށް ލުމަށް ފަހު ހަމްޒާ މުހައްމަދު ފުރަތަމަ އެގާރައިގަ ހިމެނުމެވެ. ހަމްޕު މިދިޔަ ދެ މެޗުގައިވެސް ފެށީ ބެންޗުންނެވެ.
ދެން އައިސްފައިވާ ބަދަލުތަކުގެ ތެރޭގައި އިބްރާހީމް މަހުދީ، ހަސަން ޝިފާއު ޔޫސުފް އަދި އަލީ ފާސިރުވެސް ބެންޗަށް ލުމެވެ. މި ކުޅުންތެރިންގެ ބަދަލުގައި އެގާރައިގައި ހިމަނާފައިވަނީ އަސަދުﷲ ޢަބްދުﷲ، ނާއިޒް ހަސަން އަދި އަހްމަދު ނޫމާންއެވެ.