މިއީ މޮޅުވާން ރާއްޖެއަށް މަޖުބޫރު މެޗެކެވެ. އެއްވަރު ވެގެން ނުވަތަ ރާއްޖެ ބަލިވެގެން މެޗު ނިމިއްޖެ ނަމަ ފައިނަލުގެ ފުރަތަަމަ ޖާގަ ލިބޭނީ ސީޝެލްސްއަށެވެ.
ލަންކާގެ ރޭސް ކޯސް ސްޓޭޑިއަމްގައި ކުޅޭ މިމެޗުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މުޅި ދަނޑުގައި އޮތީ ފެން ހެދިފައެވެ. ދެ ޓީމުން ކުރެ ޓީމަކަށް މާ އެދެވޭ ކުޅުމެއް އަދި ނުކުޅެވެއެވެ.