ads
ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ
ސޮރީ
މަހިންދަ ރާޖަޕްކްސަ ޓްރޮފީގައި ވާދަކޮށް ހުސް އަތާ ނިންމާލަން ޖެހުމުން، ދިވެހި ސަޕޯޓަރުންގެ ކިބައިން ގައުމީ ކޯޗު، އިޓަލީގެ ފްރެންސިސްކޯ މޮރިއޭރޯ މާފަށް އެދެފިއެވެ.

މަހިންދަ ރާޖަ ޕަކްސަ އިންވިޓޭޝަނަލް ފޯ ނޭޝަންސް ޓްރޮފީ ރާއްޖެއަށް ނިމުނީ އަންގާރަ ދުވަހު ހަވީރު ސީޝެލްސް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ. ސީޝެލްސްއާ ލަންކާއާ އެއްވަރުވެ ބަންގްލަދޭޝް އަތުން ބަލިވެގެން ރާއްޖެ މުބާރާތް ނިންމާލިއިރު މޮޅެއް ނުވާތާ ކުޑަ މިނުން މޭން އޮފް ދި މެޗެއްވެސް ދިވެހި ކުޅުންތެރިއަކަށް ނުލިބެއެވެ. ފަހު މެޗުގެ ފަހު ވަގުތުކޮޅު ތެރޭ ދިވެހި ކުޅުންތެރިޔާ އަސްއަދު އަލީގެ ފަރާތުން ފެނުނު ކުޅިވަރުގެ ރޫހާ ޚިލާފު އަމަލުގެ ސަބަބުން މުބާރާތުގެ ފެއަރ ޕްލޭ ޓީމުވެސް ލިބުމަށްވުރެ ގާތީ ނުލިބުމާއެވެ.

ސީޝެލްސް މެޗަށް ފަހު ވާހަކަ ދައްކަމުން މޮރިއޭރޯ އަނެއްކާވެސް ތަކުރާރުކުރީ އޭނާއަށް ވަގުތު ބޭނުންވާނެ ވާހަކައެވެ. އެކަމަކު އޭނާވަނީ މި މުބާރާތުގައި ދިވެހި ޓީމުން ނެރުނު ދަށް ނަތީޖާއަށް މާފަށް އެދިފައެވެ.

"ދިވެހި ސަޕޯޓަރުންނަށް ބުނެލަން އޮތީ މާފު ކުރާށެ" މެޗަށް ފަހު ކޯޗު ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް