ads
ދިވެހި ޓީމުގެ އަސްހަދު
ދިވެހި ޓީމު ހުސްއަތާ މާލެ އަތުވެއްޖެ
މަހިންދަ ރާޖަޕަކްސާ ޓްރޮފީގައި ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު، ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ހުސް އަތާ އެނބުރި މާލެ އަތުވެއްޖެއެވެ.
Advertisement

ލަންކާގެ ޕްރައިމް މިނިސްޓަރ މަހިންދަރާޖަޕަކްސަގެ ދައުވަތަކަށް ލަންކާގައި ކުޅުނު ފޯ ނޭޝަންސް މުބާރާތް ރާއްޖެ ނިންމާލީ އެންމެ މެޗަކުންވެސް މޮޅުނުވެ، ޓޭބަލްގެ ފުލުގައި އޮވެއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ލަންކާއާ އެއްވަރުވެ، ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވެ އަދި ފަހު މެޗުގައި ސީޝެލްސްއާ ދެކޮޅަށް ކުޅެވީ އެއްވަރެވެ. 

މި މުބާރާތުގައި ދިވެހި ޓީމު އެންމެ މެޗަކުންވެސް މޮޅު ނުވާއިރު ދިވެހި ކުޅުންތެރިއަކަށް ކުޑަ މިނުން މެޗެއްގެ މޭން އޮފް ދަ މެޗުވެސް ނުލިބެއެވެ. މުބާރާތް ފެށުމުގެ ކުރިން ދިވެހި ޓީމުން ބުނަމުން އައީ މިދިޔަ މަހު މާލޭގައި އޮތް ސާފް ޗެމްޕިއަންޝިޕުން ލިބުނު ނާކާމިޔާބީ ހަނދާން ނައްތާލުމަށް މި މުބާރާތް ކާމިޔާބު ކުރުން މުހިއްމު ކަމަށެވެ. އެެކަމަކު ދިވެހި ޓީމު މި މުބާރާތް ނިންމާލީ ސާފް ޗެމްޕިއަންޝިޕުގައި ލިބުނު ނާކާމިޔާބީއަށްވުރެވެސް ބޮޑު ނާކާމިޔާބީއަކާ އެކުއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ހަތަރު ލަނޑުން ލަންކާ ކައިރީ ކުރީގައި އޮވެފައި މެޗު ގެއްލުނީ މެޗުގެ ފަހު ކޮޅު ލަންކާއިން ފުލުފުލުގައި ޖެހި ހަތަރު ލަނޑާއެކުއެވެ. ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވި ބަލިވުމަކީ ވޭތިވެދިޔަ އަށާރަ އަހަރުގެ ތެރޭގައި ބަންގްލަދޭޝް އަތުން ދިވެހި ޓީމު ބަލިވި ފުރަތަމަ ބަލިވުމެވެ. 

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުއެވެ. ހުކުރު ދުވަހު ކުޅޭ ފައިނަލް މެޗުގައި ވާދަކުރާނީ ސްރީ ލަންކާއާ ސީޝެލްސްއެވެ. 

8%
ކަމުގޮސްފި
58%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް