ads
ލަންކާ- ސީޝެލްސް ކުރިން ކުޅުނު މެޗުގެ ތެރެއިން
ރާޖަޕަކްސާ ކަޕްގެ ފައިނަލް މެޗު ފަށައިފި
ކުލަ ގަދަ ރަސްމިއްޔާތަކާއެކު، މަހިންދަ ރާޖަޕަކްސާ އިންވިޓޭޝަނަލް ފޯ ނޭޝަންސް ޓްރޮފީގެ ފައިނަލް މެޗު ފަށައިފިއެވެ.

ލަންކާގެ ރޭސް ކޯސް ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލުގައި ވާދަކުރަނީ މުބާރާތް ހޯސްޓް ކުރާ ސްރީ ލަންކާއާ، ސީޝެލްސްއެެވެ. މުބާރާތުގެ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާނަކީ ފީފާގެ ރައީސް ޖިނާއީ އިންފަންޓީނޯއެވެ. ފައިނަލް މެޗު ބައްލަވާލެއްވުމަށް އިންފަންޓީނޯގެ އަރިހުގައި ލަންކާގެ ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސާވެސް ބައިވެރިވަޑައިގަންނަވައެވެ. 

މި މުބާރާތުގެ ފައިނަލުން ސީޝެލްސް ޖާގަ ހޯދީ ބަންގްލަދޭޝްއާ ރާއްޖެއާ އެއްވަރުކޮށް އަދި ލަންކާ އަތުން މޮޅުވެގެންނެވެ. ލަންކާ ފައިނަލަށް ދިޔައީ ރާއްޖެއާ އެއްވަރުކޮށް އަދި ބަންގްލަދޭޝް ބަލިކޮށްގެނެވެ. ލަންކާވަނީ ލީގު ބުރުގައި ފައިނަލުގައި މިއަދު ލަންކާއާ ދެކޮޅަށް ކުޅޭ ސީޝެލްސް އަތުން އެއް ލަނޑު ސުން ލަނޑުން ބަލިވެފައެވެ، 

މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިރީސް ހާސް ޑޮލަރުގެ ފައިސާގެ އިނާމާއެކު، ލަންކާއިން ފަރުމާކޮށް އަގުބޮޑު ޖަވާހިރު ހިމެނޭ ގޮތުން ޖަރީކޮށްފައިވާ ޓްރޮފީއެއް ލިބޭނެއެވެ. 

މި މެޗުގައި ވާދަކުރާ ލަންކާ ޓީމަށް ސަޕޯޓް ކުރުމަށް ލަންކާގެ ގިނަ އަދަދެއްގެ ފުޓްބޯޅަ ސަޕޯޓަރުންވަނީ ރޭސް ކޯސް ސްޓޭޑިއަމަށް ޖަމާވެފައެވެ 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް