ގެމަނަފުށީ ސުކޫލުން ބުނިގޮތުގައި މިފަހަރު ދިވެހި ޓީޗަރުން ހޯދަނީ އެ ސްކޫލުގެ އަރަބި އަދި އިކޮނޮމިކްސްގެ އިތުރުން ޕްރީސްކޫލް ޓީޗަރުންނަށާއި، ސެން ޓީޗަރުންގެ މަގާމުތަކަށާއި އެ މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، އަންނަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އާއި 25 ވަނަ ދުވަހު އާ ދެމެދުގައި އެ ސްކޫލް ހޯލުގަ އެވެ.
މުސާރައިގެ ގޮތުގައި 7070 ރުފިޔާ އާއި 10640 ދެމެދުގެ އަދަދަކަށް މުސާރަ ލިބޭއިރު، ސާވިސް އެލެވެންސްގެ ގޮތުގައި 2500 ރުފިޔާ ލިބޭނެ ކަމަށް އެ ސްކޫލުން ބުނެ އެވެ.
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ޝަރުތު ތަކުގެ ތެރޭގައި، ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ، މަދުވެގެން ދެ އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން ދެ އަހަރު 85 އިނަސައްތަ އަށްވުރެ މަތިން މާކްސް ލިބިފައިވާން ޖެހޭނެކަމަށް އެސުކޫލުން ކޮށްފައިވާ އިއުލާނުގައިއެވެ.
އޭގެ އިތުރުން ޕްރީސްކޫލް ޓީޗަރުންނަށާއި ސެން ޓީޗަރުންނަށް، ސްޕެޝަލް އެޑިޔުކޭޝަންގެ ރޮނގުން ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަންގެ ރޮނގުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ތިނެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޕްރީސްކޫލް ރޮނގުން ނުވަތަ އާރލީ ޗައިލްޑްހުޑް ކެއަރގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ތިނެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނެއެވެ.
އެގޮތުން ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް ހަތެއް ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާ އެކު، ލެވެލް ނުވައެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށް ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން ހިމެނެއެވެ.
ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި އެކު ރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ވެސް އެ މުއްޒަފުންނަށް ލިބިދެވޭނެކަމަށް އެރަށު ސުކޫލުން ބުނެއެވެ.
އެ މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ އަންނަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ ކުރިން 13.00ގެ ކުރިން، ގެމަނަފުށީ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެ ކަމަށް އެސުކޫލުން ބުނެއެވެ.