ads
ގެއްލިގެން ހޯދަމުންދާ މީހާ އެންމެ ފަހުން ފެނުނު ސަރަހައްދު
21 އަހަރުގެ ޝުރޭހު ގެއްލުުނުތާ 9 ގަނޑިއިރު، ދަމައިގަތީ ވާދޫ ކަނޑުތެރެއަށް!
ކ.ގުޅިފަޅު ކައިރިއަށް ބޯވަ ނަގަން ފޭބިތަނާ ގެއްލުނު އުމުރުން 21 އަހަރުގެ ހދ. ކުމުންދޫ އަރާއިރު، ޝުރޭހު ހަސަން އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އޭނާ ގުޅީފަޅު ސަރަހައްދު މޫދަަށް ފޭބީ "ޖަންނު" ނަމަކަށްކިޔާ ކުޑަ ލޯންޗައްގައި އެތަނަށް ބޯވަ ނަގަން ގޮސް އުޅެމުންނެވެ.

ކޯސްޓްގާޑާއި ހަވާލާދީ އެމްއެންޑީއެފުން ބުނީ ގުޅީފަޅުގެ ހުޅަނގުދެކުނު ކަންމަތީގައި ބޯވަ ހިފަން އުޅެނިކޮށް ޝުރޭހު އޮޔާ ދަމައިގަތީ ވާދޫ ކަނޑުތެރެއަށް ހުޅަނގަށް ވާގޮތަށް ކަމަށެވެ.

އޭނާ އެންމެފަހުން ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްކަމަށާއި އަދި ނޫކުލައިގެ މާސްކެއް އަޅާފައި ހުރިކަމަށް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)އަށް ލިބިފައިވަނީ މިއަދު ހެނދުނު 08:58 ހާއިރުއެވެ. އެ އިރުން ފެށިގެން އެ ޒުވާނާ މީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އޮތާ ދަމައިގަނެގެން ހޯދަމުންދާތާ 9 ގަޑިއިރު މިހާރު ވެފައިވާއިރު މީނާއާއި ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުންނާއި އެ ހިސާބުގެ ރަށް ތަކުން ބަލައިދިނުމަށް އެމްއެންޑީއެފުން އެދެއެވެ. 

އަދި އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރ 191 އަށް ފޯނަށް ގުޅުއްވައި ދެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. 

20%
ކަމުގޮސްފި
48%
އަޑުއެހިތާ މިހުރީ
24%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް