![](https://cnm.mv/media/images/752388999-5.jpg)
މެޓް އޮފީހުން އެއަތޮޅަށް މިއަދު ހެނދުނު 07:00 އިން 11:00ގެ ނިޔަލަށް ވައިޓް އެލާޓު ނެރެފައިވާއިރު އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް ވަނީ ބުނެފައެވެ.
މެޓް އޮފީހުން ވަނީ ދެކުނުގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި އެހެންހިސާބުތަކަށް ކެރީގެ އަސަރުފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ބުނެފައެވެ.
އެގޮތުން ވައިޖެހޭނީ ހުޅަނގުއުތުރާއި އުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ވަނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެންހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް ބުނެފައެވެ.