ads
ކޯސްޓްކާޑް...
ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެނޭ، ހަމަ ހޯދަނީ
ޑައިވިނަށް ފައިބާގެން އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އަކީ "ގޮމަ" ކިޔާ ދޯންޏަކުން ޑައިވިންއަށް ފޭބި މީހެކެވެ.

އެމްއެންޑީއެފުން ރޭ ބުނެފައިވަނީ އެ ފަތުރުވެރިޔާ ގެއްލުނުކަން ރިޕޯޓްކުރުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑުގެ ސްކޮޑްރަންއިން އެމީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން މިއަދު ބުނީ، ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓާ ކްރާފްޓް "ވެލާނާ" ދަނީ ޑައިވަރުންނާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ސާފޭސް ސާޗްގެ އިތުރުން، ޑައިވް ކޮށްގެން ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެ އެވެ. މިމަސައްކަތުގައި އެސަރަހައްދުގެ ރިސޯޓްތަކުގެ ޑައިވަރުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށާއި އަދި މިއަދު ވައިގެ މަގުން ވެސް ސާޗްކުރިއަށް ދާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އިއްޔެ ގެއްލުނު މި ފަތުރުވެރިޔާ އަކީ އެހެން ފަތުރުވެރިންތަކަކާއެކު ޑައިވިނަށް ގޮސް މޫދަށް ފޭބި އަންހެނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް