އެގޮތުން ށ.ބިލެއްފަހި ސްކޫލްގެ ހަތަރު ކްލާސްރޫމާއި، ރ. މާކުރަތު ސްކޫލްގެ 2 ބުރި އިމާރާތުގެ އިތުރުން، ބ.ތުޅާދޫ ސްކޫލް މަލްޓިޕާޕަސް ހޯލް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާ ފައެވެ.
އެގޮތުން ށ.ބިލެއްފަހި ސްކޫލްގެ 4 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތަށް ހަމިލިޔަން ރުފިއާ ހަރަދު ކުރާއިރު، ރ. މާކުރަތު ސްކޫލްގެ 2 ބުރި އިމާރާތް ކުރުމުގެ މަސައްކަތް 2.5 މިލިޔަން ރުފިއާ ހިމަނާފައި އެވެ. އަދި ބ.ތުޅާދޫ ސްކޫލް މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ފަސްމިލިޔަން ރުފިއާ ހިމެނިގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ބީލަންތަކުގައި ބައިވެރިވެވޭނީ ހައުސިން މިނިސްޓްރީގެ "ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ކުރާ ފަރާތް ތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަށް އެކަނި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
އަދި މި މަސައްކަތްތަކާއިބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 19 ޖަނަވަރީ 2022 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި، އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތު ތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.