
އަދި ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށާއި، އަދި މިހާރު ކުރިއަށްދަނީ ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތްތައް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަަނަ ޝިޕްމަންޓް ބިލެއްފަހި ބަނދަރަށް ގާތް ކުރަނީ ފޮޓޯ /އެމްޓީސީސީ
ޖުމްލަ 28.42 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން، 50،376 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ދަނީ ކުރެވެމުމްނެވެ.
އެގޮތުން 181 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ސަަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 434 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 1565 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.
އަދި އޭގެ އިތުރުން މަގުބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.