ads
އާދަމް މުޖައްޒިޒް މުޖުތަބާ
މިއަހަރު ޒިޒްގެ އޮފަރޭޝަން ކުރެވިއްޖެ ނަމަ ރަނގަޅު ވުމުގެ ފުރުސަތު ބޮޑު: މަންމަ
ލޯބި ލޯބި ޒިޒްގެ އުމުރުން މިއީ ފަސްވަނަ އަހަރެވެ. އެހެންނަމަވެސް ވާހަކައެއް ނުދެއްކެވެ. މުޅިން ރަނގަޅު ވުމަށް އޮތް ކުޑަ އުންމީދަކީ ސްޓެމްސެލް ތެރަޕީއެވެ. އެކަން ކުރަންޖެހެނީ މިއަހަރުއެވެ. ޑޮކްޓަރު ބުނަނީ ރަނގަޅުވުމުގެ އުންމީދު އޮތީ އުމުރުން ފަސްއަހަރު ނުވަނީސް ކުރެވިގެން ކަމަށެވެ.

ކައިވެނީގެ ފޮނި ހަޔާތަކަށްފަހު ދެމެފިރިއެއްގެ އެންމެ ފޮނި އުއްމީދަކަށް ވާނީ އެދެމެފިރިއެއްގެ ކައިވެންޏަށް ލިބޭ ދަރިފުޅެވެ. އެހެންނަމަވެސް ލިބޭ ދަރީންނަށް އެކިކަހަލަ ބަލިތައް ޖެހުމުގެ ސަބަބުން ހިތްދަތިކަމުގައި އުޅެންޖެހޭ އާއިލާތައް ރާއްޖޭގައި މިހާރު މަދެއް ނޫނެވެ.  އެފަދަ އާއިލާތައް އާންމުންގެ އެހީއަށް އެދި އާދޭސް ކުރަނީ ސަބަބުތަކެއް އޮވެގެންނެވެ.އެންމެ ބޮޑަށް މިކަން އިހްސާސްވާނީ ބައްޔެއްގެ ވޭން ތަހައްމަލް ކުރާ އާއިލީ މެމްބަރަކަށް ނުވަތަ ތިމާގެ ދަރިއަކަށް އެފަދަ ކަމެއް ދިމާވީމައެވެ.

މިއަދު މިއާޓިކަލްގައި ހިމަނާލަނީ ހދ. ކުޅުދުއްފުށީ ޒުވާން ދެމެފިރިއެއް ކަމުގައިވާ ޝިފާނާ އަބްދުއްރަހީމް އާއި މުޖްތަބާ އަހުމަދު ގެ އުފާވެރި ކައިވެނީގެ ހަޔާތަށް ފުރަތަމަ ލިބުނު ލޯބި ލޯބި ތުއްތު ދަރިފުޅު އާދަމް މުޖައްޒިޒް މުޖްތަބާ (ޒިޒް) ގެ އުފަންވުމުގައި ހުރި ބައްޔެއްގެ ސަބަބުން އުޅެން ޖެހިފައިވާ އުދަނގޫ ދިރިއުޅުމުގެ ވާހަކަ ތަކެވެ. 

your imageކުޅުދުއްފުށީ ހޮސްޕިޓަލުން ދީފައިވާ ލިއުން

ޒިޒްގް މަންމަ ޝީފާނާ "ސީއެންއެމް" އަށް ބުނީ ކުއްޖާ ވިހައިގެން 18 މަސްވެގެން އައި އިރު ޒިޒްއަކީ ތަފާތު ކުއްޖެއްކަން ފާހަގަ ކުރެވުނު ކަމަށާއި، ރުޅި ގަދަވުމާއި، ބޮޑުވަމުން އައިއިރު ވާހަކަ ނުދެއްކޭ ކަން ފާހަގަ ކުރެވުނު ކަމަށެވެ. 

"އެހެންވެ ފުރަތަމަ ޒިޒް ދެއްކީ އޯޓިޒަމް ސެންޓަރަށް. އެހާ ހިސާބުން އެނގުނީ ކުއްޖާ އަކީ އޯޓިޒްމް ކުއްޖެއްކަން. ޑޮކްޓަރު ނާޒްގެ ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ފަހަރު ނާޒް އަށް ދެއްކީމަ ނާޒް ވިދާޅުވީ ކުއްޖާ ގިނަ ސްޕީޗް ތެރެޕީ ފަދަ ތެރެޕީ ނަގަން ޖެހޭ ކަމަށް. އޭރުން މިހާރަށް ވުރެ ރަނގަޅު ވާނެ ކަމަށް ނާޒް ވިދާޅުވި."

ޑޮކްޓަރު ނާޒް ކުޅިދުއްފުއްޓަށް ކުރި ދަތުރެއްގައި، ޑޮކްޓަރަށް ދެއްކުމުން ނާޒް ވިދާޅުވި ކަމަށް ޝިފާނާ ބުނީ ކުއްޖާގެ ކިބައިން ފެންނަން ހުރީ އޯޓިސްޓް ކުއްޖެއްގެ ކިބައިން ފެންނާނެ އަލާމާތް ކަމަށާއި، ޒިޒް އަކީ އޯޓިސްޓް ކުއްޖެއް ކަމަށެވެ. 

ކުއްޖާއަށް ގިނަ ތެރެޕީ ތަކެއްދޭން ޖެހޭ ކަމަށާއި، ސެންސެރީ އިންޓެގްރޭޝަން ތެރެޕީ، އޮކިއުޕޭޝަނަލް ތެރެޕީ، ބިހޭވިއާ ތެރެޕީ، އާޓް ތެރެޕީ، ސްޕީޗް ތެރެޕީ، އޭޑީއެޗްޑީ ޕޮރޮގްރާމް އާއި އާލީ އިންޓަވޭޝަން ޕްރޮގްރާމްއާއި، ސޯސިއަލައިޒޭޝަން ސްކިލް ޓްރެނިން އާއި، ޕްޒިޓިވް ބިހޭވިއާ ޕްރޮގްރާމް ދީފިނަމަ ކޮންމެވެސް ލުޔެއް ލިބިގެންދާނެ ކަމަށެވެ. 

ނަމަވެސް މިތެރެޕީ ތައް ކުއްޖާ އަށް ދޭންބޭނުންވާ ކަމަށާއި، މިއީ ރަށުން ލިބޭ ތެރެޕީ ތަކެއް ނޫން ކަމަށްބުނެ ޝިފާނާ ބުނީ ދާންޖެހެނީ މާލެ ކަމަށާއި އާއިލާއަކީ އެހާ ފުދޭ އާއިލާއަކަށް ނުވުމުން މި ތެރެޕީ ތަކަށް ބޮޑު ހަރަދެއް ވެންދާނެ ކަމަށާއި، އާއިލާގައި އެފަދަ ތަނަވަސް ކަމެއް ނެތްކަމަށެވެ.

ޝިފާނާ އިތުރަށް ބުނީ އިންޑިއާގެ މީގެ ދުވަސް ކޮޅެއް ކުރިން މުމްބާއީ ހޮސްޕިޓްލަށް އޮންލައިންކޮށް ދެއްކި ކަމަށެވެ. އެގޮތަށް ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ބުނި ކުއްޖާގެ އުމުރުން ފަސް އަހަރު ވުމުގެ ކުރިން ސްޓެމްސެލް ތެރެޕީ ދެވިއްޖެ ނަމަ އެއްކޮށް ޒިޒް އަށް ވާހަކަ ދެއްކި ރަނގަޅު ވާނެ ކަމަށެވެ.

your imageޒިޒްގެ ބަލިހާލަތު އަންގައިދޭ ލިއުން

ނަމަވެސް މި ތެރެޕީ ދިނުމަށް ކުއްޖާ ގޮވައިގެން އިންޑިއާ އަށް ދިއުމަށް އާއިލާގެ މާލީ ހާލަތު ދަށް ވުމުގެ ސަބަބުން އެފަދަ ތަނަވަސް ކަމެއް ނެތް ކަމަށް ކުއްޖާގެ މަންމަ ބުންޏެވެ. ސްޓެމްސެލް ތެރެޕީއަށް އެމެރިކާ ޑޮލަރުން 13900 އަރާ އިރު، އެއީ ދިވެހި ރުފިޔާގެ އަދަދުން 214338 ރުފިޔާއެވެ.

"މިކަމަށް އާސަންދަ ލިބޭތޯވެސް މަސައްކަތް ކުރިން. ވޯސްޓް ކޭސް އެއް ނޫން ކަމަށް ބުނެ އާސަންދަވެސް ވަނީ ލިބޭގޮތް ނުވެފަ. ސްޓެމްސެލް ތެރެޕީ އަކީ ކުއްޖާގެ މައިބަދައިން ސްޓެމްސެލް ނަގައިގެން ސިކުނޑީގެ ނާރު ތަކަށް އިންޖެކްޓް ކޮށްގެން ދޭ ތެރެޕީ އެއް. މިކަމަށް ހަރަދުވޭ ދިވެހި ރުފިޔާގެ 214338 ރުފިޔާ" ޝިފާނާ ބުންޏެވެ.

 

އިންޑިއާގެ މުމްބާއީގެ ހުންނަ ނިއުރޯޖެންޓް ބްރެއިން އިންސިސިއުޓުން މިސާޖަރީ ހެދުމަށްޓަކާ 14 ދުވަސް ހޮސްޕިޓަލުގައި ހޭދަވާނެ ކަމަށް ބުނެ އޭނާ ބުނީ  މިދުވަސް ތެރޭގައި އިިންޑިއާއގައި ތިބުމަށްވެސް ބޮޑު ހަރަދެއް ހޭދަވެގެންދާނެ ކަމަށެވެ. 

 އިތުރު މައުލޫމާތު ހޯދުމަށް:

  • އިތުރު މައުލޫމާތު: 9133331 (ޝިފާނާ އަބުދުއްރަހީމް) ކުއްޖާގެ މަންމަ
  • އތުރު މައުލޫމާތު:9681522 (މުޖްތަބާ އަހުމަދު) ކުއްޖާގެ ބައްޕަ
  • ބީއެމްއެލް (ދިވެހި ރުފިޔާ) އެކައުންޓް ނަންބަރު:  77700000536335(ކުއްޖާގެ މަންމަ، ޝިފާނާ އަބުދުއްރަހީމް)
  • ބީއެމްއެލް (ޑޮލަރު ) އެކައުންޓް ނަމްބަރު:: 7770000071342 (ކުއްޖާގެ މަންމަ، ޝިފާނާ އަބުދުއްރަހީމް)

ޒިޒް ގެ މައިންބަފައިން އެދެނީ ފައިސާގެ ގޮތުން އެހީވެދެވެން ނެތް ފަރާތްތަކުން ވެސް، ޒިޒް އަށް ހެޔޮ ދުއާ ކޮށް ދިނުމަށެވެ. 

ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް