ads
ބޮޑުހިލައިގންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެން ދިއުން؛ ފޮޓޯ/ އެމްޓީސީސީ
ބިލެއްފަހި ބަނދަރު ހަދާ ނިމެނީ
ށ. ބިލެއްފަހި ބަނދަރުގެ ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ގާތްގަނޑަކަށް 28.4 މިލިއަން ރުފިޔާ ހަރަދުކޮށް ހިންގާ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ބިލެއްފަހި ބަނދަރު މަސައްކަތުގެ 77 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެ އެވެ. 

އެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިން ވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށާއި، މި މަޝްރޫއުގެ ދަށުން، 50،376 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުން ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން އެމްޓީސީސީން ބުނީ 181 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ސަަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 434 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 1565 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި މަގުބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

ބިލެއްފަހި ކައުންސިލް ރައީސް އަބުދުﷲ ރިޔާޒް ވިދާޅުވީ ބޮޑުހިލައިގެ ތިން ވަނަ ޝިޕްމެންޓް އެރަށަށް ބަނދަރު ކޮށް ފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގަ ކަމަށާއި، މިހާރު ބަނދަރުގެ ނުނިމި ހުރީ ހަމަ އެކަނި ބޭރު ތޮށީގެ މަސައްކަތް އެކަނި ކަމަށެވެ.

ބަނދަރުގެ ބޮޑު މިނަކީ ކުރިން 300 ފޫޓް ކަމަށާއި، ނަމަވެސް އެމްޓީސީސީން މިހާރު 600 ފޫޓަށް ބަނދަރު ބޮޑު ކޮށް ފައިވާ ކަމަށް އޭނާ ވިދާޅު ވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް