ads
އައިޝަތު ޖީލާން ހަސަން ޒަރީރު..
މަތީތަލި ނެތް ލޯބިލޯބި ޖީލާން: ކަރުންމަތީގެ ހުރިހާތަނެއްހެން އޮޕަރޭޝަނަށް!
ލޯބިލޯބި ޖީލާން އަށް އޭނާގެ މަންމަ ބުއްދިނީ ޖީލާންގެ ބަނޑަށް ހޮޅި ގުޅައިގެންނެވެ. ކަރުން މަތީގެ ހުރިހާތަނެއްހެން އޮޕަރޭޝަން ކުރަން ޖެހެއެވެ. ޖީލާން އަކީ އެ ދެމަފިރިންނަށް ލިބުނު ދެވަނަދަރިފުޅު ނިޔާވުމަށްފަހު ތިންވަނަ އަށް ލިބުނު ދަރިފުޅެވެ.

ދަރިއަކު ދުނިޔެއަށް އުފަންވާ ވަގުތު ކޮންމެ ދެމެފިރިއަކު ހިތް އަވަސްވެފައި ވާނީ ދުނިޔެއަށް އުފަންވާ ކުއްޖާ އަކީ އެ ދެމެފިރިއެއްގެ މުޅި ހަޔާތް އެއްކޮށް އުފާކޮށްދޭނެ ދަރިއެއް ކަމުގައެވެ. ބަނޑުގައި ދަރިއަކު ގަރުބަ ގަތީއްސުރެ ވިހެއުމާއި ހަމަޔަށް އެ ދަރިއަކީ ސިއްހަތު ރަނގަޅު ފުރިހަމަ ދަރިއަކަށް ވުމަށް އެ ދެމެފިރިން އުއްމީދު ކުރައެވެ.

ކ. ތުލުސްދޫ (މާގިރި) ހަސަން ޒަރީރު އާއި، ހަމަ އެ ރަށު (ނާއިފަރު) އާމިނަތު ޖީޒާގެ އުފާވެރި ހަޔާތަށް ފުރަތަމަ ދަރި ލިބުމަށް ފަހު، މާގިނަ ދުވަހެއް ނުވެ ދެވަނަ ދަރިއަކަށް ޖީޒާ ބަނޑުބޮޑު ވިއެވެ. އުފާވެރި ވަގުތަކަށް އެ ދެމެފިރިން އުއްމީދު ކުރަމުން ދިޔައެވެ.

ނަމަވެސް އެ ދެމެފިރިންގެ ދެވަނަ ދަރިފުޅު އައިޖީއެމްއެޗަށް ވިހައިގެން ފުރަތަމަ ލިބުނު ހަބަރުން އެދެމެފިރިންގެ ހިތް ކުދިކުދިވީ އެއީ ޑައުންސިންޑްރޮމް ހުރި ކުއްޖެއް ކަމަށް ޑޮކްޓަރު ބުނި ހިސާބުންނެވެ. 

އެހެން ނަމަވެސް އެ ދަރިފުޅު ވިހައިގެން ބައިގަޑި އިރު ނުވަނީސް އެންމެ ފަހު ނެވާ މިދުނިޔެއަށް ދޫކުރުމަށް ފަހު މިދުނިޔެއާއި، އެދަރިފުޅު ވަކިވެ ދިޔައެވެ.

އެ ހިތާމަޔާ އެކު، މާގިނަ ދުވަހެއްނުވެ އުޅެނިކޮށް ތިންވަނަ ދަރިއަކަށް ޖީޒާ ބަނޑުބޮޑު ވިއެވެ. ދުވަސް ހަމަވެ ޖީޒާ ވިހެއީ އަންހެން ކުއްޖެކެވެ. ތިންވަނަ ދަރި އައިޝަތު ޖީލާން ހަސަން ޒަރީރު، ދުނިޔެއަށް އުފަންވީއިރު، ދެވަނަ ފަހަރަށް ލިބުނު ހިތާމަވެރި ހަބަރާ އެކު އެ ދެމެފިރިންގެ އުއްމީދުތައް ފުނޑުފުނޑު ވެގެން ދިޔައެވެ.

ލިބުނު ދަރިފުޅަކީ ދުވަހަކުވެސް އެ ފަދަ ބަލި ކުއްޖެއް ކަމަށް ވެދާނެ ކަމަށް ހީވެސް ނުކުރެވޭ ކަމަށާއި، ނަމަވެސް އެއީ ހަޔާތަށް އައި އިމްތިހާނެއް ކަމަށް އެ ދެމަފިރިން ބުންޏެވެ. ޖީލާން ދުނިޔެއަށް އުފަންވިއިރު، އެ ކުއްޖާއަށް ވަނީ ދުނިޔެއިން މަދުން ފެންނަ ބައްޔެއް ކަމަށްވާ "ޓީޗާ ކޮލިންސް ސިންޑްރޯމް" ޖެހިފައިވެ.

އޭގެ ސަބަބުން އަނގައިގެ އެތެރޭގެ މަތީތައްޔެއް ނުހުރެވެ.

" އެ ގޮތަށް ހުންނާތީ ކާންދިނަސް ކާ އެއްޗެހި އަންނަނީ ބޭރަށް. ހަރު ކާ އެއްޗެއް ނުދެވި އަބަދު ދިޔާ އެއްޗެހި ދޭން ޖެހުމުގެ ސަބަބުން ބޮޑު ކަމު ނުދެވޭ. އަދި ރަނގަޅަށް ވާހަކަ ނުދެއްކެވޭ" އަސަރާއެކު ޖީޒާ ބުންޏެވެ.

ރަނގަޅަށް ވާހަކަ ނުދެއްކެވޭ ކަމަށާއި، ގާތުން ކިރު ނުދެވި ހަމަސް ވަންދެން އުޅެން ޖެހުމުގެ ސަބަބުން ޖީޒާ ބުނީ ހަމަސް ވަންދެން ޖީލާން އަށް ކިރުދިނީ ބަނޑަށް ހޮޅިކޮޅެއް ލައްވައިގެން ކަމަށެވެ. އެ ގޮތަށް ކިރުދޭން ޖެހި ރާއްޖޭން ބޭރަށް އޭރު ފަރުވާ އަށް ދާން ޖެހުނު ކަމަށް ޖީޒާ ބުންޏެވެ.

ތަފާތު ހިތާމަތައް ޖީޒާ ކުރަން ޖެހިފައިވީ ނަމަވެސް ޖީޒާ އުއްމީދު ކަނޑައެއް ނުލައެވެ. އަދި އެތައްފަހަރަކު ގިނަ ބައެއްގެ އެހީތެރިކަމާއެކު އިންޑިޔާއަށް ވަނީ ޖީލާންގެ ބޭސްފަރުވާ އަށް ގޮސްފައެވެ. 

މިހާރު ޖީލާން އަށް ތިން އަހަރު ވެފައިވާއިރު، ކޮންމެ އަހަރަކު ޖީލާން ގޮވައިގެން ގިނަބައެއްގެ އެހީ ތެރި ކަމާއެކު، އިންޑިއާ އަށް ގޮސް ބޭސް ކޮށްފައިވާ ކަމަށާއި، އެގޮތުން ޑޮކްޓަރު އެކުއްޖާ އަށް، އެއްކޮށް ރަނގަޅުވާނެ ކަމަށް ބުނެފައިވާ ކަމަށް ޖީޒާ ބުންޏެވެ. 

ނަމަވެސް ވަރަށް ގިނަ އޮޕަރޭޝަން ކުރަން ޑޮކްޓަރު ވަނީ ބުނެ ފައެވެ. ޖީލާން އަށް ކުރަން ޖެހޭ އޮޕަރޭޝަން ތަކުގެ ތެރޭގައި، ބޮލުގެ ނާށިގަނޑާއި މޫނާއި، ލޯ، އަދި މަތީ ތަތްޔާއި، ދަތްދޮޅީގެ އިތުރުން، ނޭފަތާއި ކަންފަތް އަދި މަތީ ދަތްޕިލަ ހިމެނެއެވެ. 

މި ހުރިހާ އޮޕަރޭޝަނެއް ކުރަން ޖެހޭއިރު ޖީލާން އަށް ވަނީ 2019 ވަނަ އަރު އޮރޭޝަނެއް ކޮށް ޕްލާސްޓިކު މަތީ ތައްޔެއް ލައްވާފަ ކަމަށް ޖީޒާ ބުންޏެވެ. އެހެން ނަމަވެސް ކުޑަދުލާއި ދިމާލުން ދެ ލޯވަޅެއް އެބައިން ކަމަށާއި އޭގެ ސަބަބުން ގިނަ އުދަނގޫ ތަކެެއް ޖީލާން ކުރިމަތިލާން ޖެހިފައިވާ ކަމަށް ޖީލާންގެ މަންމަ ޖީޒާ ބުނެއެވެ.

ނަމަވެސް އަދިވެސް ޖީލާން އަށް ހަރު ކާއެއްޗެއް ނުކެވެއެވެ. އެހެންކަމުން ބޮޑު ކަމު ދިއުމަށް ވަނީ ބޮޑެތި އުދަނގޫ ތައް ކުރިމަތިވެފައި ކަމަށް ޖީޒާ ބުނެއެވެ. 

."މިހާރު ޖީލާން ވާހަކަ ދައްކަން ވަރަށް މަސައްކަތް ކުރޭ. އަދިވެސް ކިޔާ އެއްޗެއް ރަނގަޅަށް ސާފު ނުވޭ. މަތީ ތަލީގެ ފަހަތަށް އިންނަ ބައި ނުހުންނާތީ އުދަނގޫ ވަނީ." ޖީޒާ ބުންޏެވެ.

ޖީޒާ ބުނީ މިހާރު މިއުޅެނީ އަނެއްކާވެސް ދަތްދޮޅީގެ ސާޖަރީއަކަށް ޑިސެމްބަރުމަހު އިންޑިއާ އަށް ދިއުމަށް ކަމަށާއި އެއީ ގައިން ކަށި ނަގައިގެން ހަދަން ޖެހޭ ސާޖަރީ އެއް ކަމަށެވެ.

ޑޮކްޓަރާ ހަވާލާދީ ޖީޒާ އިތުރަށް ބުނީ އެ އޮޕަރޭޝަން ކުރެވިއްޖެ ނަމަ ޖީލާން އަށް ވާހަކަ ދެކެވޭނެ ކަމަށެވެ. އަދި ހަރު އެއްޗެހިވެސް  ކެވޭނެ ކަމަށެވެ.

އާސަންދަޔާއި ހުރިހާ ކަމެއްވެސް ހަމަ ޖެހިފައިވާ ކަމަށާއި، އެހެން ނަމަވެސް އިންޑިއާ ގޮސް ހުރުމާއި ކެއުމާއި އެހެނިހެން ހަރަދުތައް ކުރަން ޖެހޭނެތީ، ޖީލާންގެ އޮޕަރޭޝަނަށް އިންޑިއާ އަށް ގޮސް ހުރުމަށް ތިބޭފުޅުންގެ ދީލަތި އެހީ އަކަށް އެ އާއިލާ އިން އެދެއެވެ.

ބީއެމްއެލް ދިވެހި ރުފިޔާ އެކައުންޓް 7701139523101 ހަސަން ޒަރީރު (ޖީލާންގެ ބައްޕަ)

އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅޭނެ ނަމްބަރު ( ޖީލާންގެ ބައްޕަ ޒަރީރު) 7752072

އެހީ ތެރިކަން ދެވެން ނެތް ފަރާތްތަކުން ޖީލާން އަށް ހެޔޮ ދުއާ ކޮށްދިނުމަށް އައިލާން އެދެއެވެ.

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.

53%
ކަމުގޮސްފި
27%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް