ads
ގއ. ގެމަނަފުށި-- ފޮޓޯ: ގެމަނަފުށި/ ފޭސްބުކް
"ގެމަނަފުށިން ބޯފެން ހުސްވަނީ، ފެން ލިބޭނެ ދުވަހެއް ނޭނގޭ"
ގއ. ގެމަނަފުށިން ބޯފެން ހުސްވަމުން އަންނަ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުގެ ބައެއް ގޭގެއިން މިހާރުވެސް ބޯފެން ވަނީ ހުސްވެފައެވެ. އަދި ބައެއް ގެތަކުން ކުރިއަށް އޮތް ތިން ވަރަކަށް ދުވަސްތެރޭ ބޯފެން ހުސްވާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އާއި ވާހަކަ ދެއްކި އެރަށު ރައްޔިތަކު ބުނީ، ރޯދަ މަހާއި ދިމާކޮށް މާލެ އިން ގެންނަން ހަމަޖެހިފައިއޮތް ފެނުގެ ޝިޕްމަންޓު ކޮންމެވެސް ސަބަބަކާއި ހެދި ރަށަށް ގެނެސްފައި ނުވާ ކަމަށާއި، އެކަމުގެ ސަބަބުން ގިނަ ބަޔަކު ފެނަށް ޖެހުމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ރަށުގެ ރައްޔިތުންނަކީ، ބޯން މިނަރަލް ވޯޓާ ބޭނުން ކުރާ ބައެއް ކަމަށާއި، ވާރޭފެން ބޭނުން ކުރަނީ ކައްކަން ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ. އެހެން ކަމުން ވާރޭފެންވެސް ހުސްވާން ކައިރިވެފައި ވާކަމަށް އެފަރާތުން ވަނީ ބުނެފައެވެ. 

ގެމަނަފުށިން ބޯފެން ހުސްވާން ކައިރިވެފައިވާކަމުގެ މައުލޫމާތު "ސީއެންއެމް" އާއި ހިއްސާ ކުރަމުން އެރަށު ކައުންސިލްގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ، އެރަށުގެ ރައްޔިތުން އަތުން ބޯފެން ހުސްވާން ކައިރިވެފައިވާ ކަމުގެ ވާހަކަތައް ރަށުތެރޭ ދެކެވެމުން އަންނަ ކަމަށާއި، އެކަން ބަލަމުން އަންނަ ކަމަށެވެ. 

އަދި މިފަހަރު ބޯފެން ލިބުމުގައި ދަތިތަކެއް ދިމާވީ، މާލެ ކޮޅުން ގެންނަ މިނަރަލް ވޯޓާ ލިބުމުގައި ހުރަސްތަކެއް ކުރިމަތި ވުމުން، ކަމަށާއި، އެހެން ނަމަވެސް ރަށުގެ ވިޔަފާރިވެރިން އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނާޝިދު ވިދާޅުވިއެވެ. 

"މި ރަށުގެ 99 އިންސައްތަ މީހުން ވާރޭފެން ބޭނުން ކުރަމުން ދަނީ ކައްކަން. ވާރޭ ނުވެހި މިހާ ގިނަ ދުވަސް ވީމާ ވާރޭ ފެންވެސް އަންނަނީ ހުސްވަމުން. ރަށުގެ އެންމެން ކަހަލަ ގޮތަކަށް ބޯނީ މިނަރަލް ވޯޓާ. މާލެ ކޮޅުން މައްސަލަތަކެއް ދިމާވެގެން ފެން ނުގެނެވިފައި ވަނީ. އެހެން ނަމެވެސް ރަށުގެ ވިޔަފާރިވެރިން އެކަން ހައްލު ކުރަން މަސައްކަތް ކުރަމުންދަނީ." ނާޝިދް ވިދާޅުވިއެވެ. 

މީގެ އިތުރުން ނަޝީދް ވިދާޅުވީ، އަދި އެރަށު އެއްވެސް ރައްޔިތަކު ރަސްމީކޮށް ފެން ހުސްވެގެން ކައުންސިލަށް މައްސަލަ ހުށައަޅާފައި ނުވާ ކަމަށާއި، އެހެން ނަމަވެސް އެ ކަން ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ރައްޔިތުންނަށް ފެން ހޯދައިދިނުމުގައި ކައުންސިލަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ ކަމަށްވެސް ނާޝިދު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް