ads
ތ. ވިލުފުށި--
ވިލުފުށިން ދޫކުރާ ސަތޭކަ ގޯއްޗަށް ތިންސަތޭކައަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި
ދެހާސް ހަތަރުވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ތ. ވިލުފުށިން 100 ގޯތި ދޫކުރުމަށް އެރަށު ކައުންސިލުން ހުޅުވާލުމުން 300 އަށްވުރެ ގިނަ މީހުން ގޯތި ތައް ހޯދުމަށް ކުރިމަތިލައިފި އެވެ.
Advertisement

މިއީ ވިލުފުށި އަލަށް އާބާދު ކުރި ފަހުން އެރަށުން ގޯތި ދިނުމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ. އެ ރަށުން މިބުރުގައި ދޫކުރުން ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 100 ގޯތި ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ. 

އެރަށު ކައުންސިލުން އާއްމުކޮށްފައިވާ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުން ދައްކާ ގޮތުން ގޯތި ހޯދުމަށް 328 ފަރާތަކުން ވަނީ ހުށައަޅާފައެވެ. އޭގެ ތެރެއިން ޝަރުތު ހަމަވާ 315 ފަރާތެއް ތިބި އިރު މި ގޯތި ދަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން މާކްސް ލިބުނު މީހުންގެ ތަރުތީބުންނެވެ. 

މިކަމާއި ގުޅިގެން އެރަށު ކައުންސިލުން ބުނީ، ޕޮއިންޓް ދީފައިވާގޮތާމެދު، ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން "ކޮޅުމަޑުލު ވިލުފުށިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުން އެދޭ ކަމަށާއި، އީ-މެއިލް މެދުވެރިކޮށް ޝަކުވާ ފޯމް ފޮނުވާނީ [email protected] އަށް ކަމަށެވެ. 

އަދި ވިލުފުށިން ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިއުލާން ކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ލިސްޓަށް ގެންނަންޖެހޭ ބަދަލުތަކާއި ގޯތި ދޫކުރުމުގެ އުސޫލުގައި ބަޔާންކުރާ އެންމެހާ ކަންކަން ކަށަވަރުކުރުމަށް ފަހު ކަމަށްވެސް އެކައުންސިލުން ވަނީ ބުނެފައެވެ.

"ސީއެންއެމް" އާއި ވާހަކަ ދެއްކި އެރަށު ކައުންސިލަރަކު ބުނީ، މިއީ ރަށް އަލުން އާބާދުކޮށް ތަރައްގީ ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށާއި، ކުރިއަށް ހުރި ދުވަސްތަކުގެ ތެރޭ އިތުރު ގޯތި ތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އާއި ވާހަކަދެއްކި ވިލުފުށީ ރައްޔިތަކު ބުނީ، މިއީ އެތައް އަހަރެއް ވަންދެން ކުރި އިންތިޒާރަށް ނިމުން އަންނަ ކަން އިހުސާސް ކުރެވޭ ކަމެއް ކަމަށާއި، އުއްމީދު ކުރަނީ ވީ އެންމެ އަވަހަކަށް ގޯތި ލިބުނު މީހުންނަށް ގޯތިތައް ކައުންސިލުން ދީ ހަވާލު ކުރުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ފަރާތްތަކަށް ގޯތި ދޭނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް