ads
ޑްރަގް ކޯޓް
ޖޭއެސްސީން މިފަހަރު ބުނީ ފަނޑިޔާރު ބޭނުންކުރީ ސުލޫކާ ހިލާފުވާފަދަ ބަސްތަކެއްކަމަށް!
ޣްރަގް ކޯޓުގެ ގާޒީ އައްޝައިޚް މުޙައްމަދު ނަޢީމުގެ މައްސަލައެއް ބެލުމަށް ޖޭއެސްސީން ތަހުގީގު ކޮމިޓީ އެކުލަވާލައިފިއެވެ.
Advertisement

ޖޭއެސްސީން ބުނީ ފަންޑިޔާރު ސޯޝަލް މީޑިއާ ގްރޫޕެއްގައި ފޮނުވާފައިވާ މެސެޖެއްގައި، ފަނޑިޔާރެއްގެ ސުލޫކާ ޚިލާފުވާ ފަދަ ބަސްތަކެއް ބޭނުންކޮށްފައިވާކަމަށެވެ. 

އެހންވެ، އެ މައްސަލަ ކޮމިޝަނުން އިސްނަގައިގެން ބަލާ ޝަކުވާއެއްގެ ގޮތުގައި ތަހުޤީޤުކުރުމަށް އޭޕްރީލް 17 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 27 ވަނަ ޖަލްސާގައި ނިންމާ، އެމައްސަލަ ތަހުޤީޤު ކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލެވިފައިވެއެވެ.

އިއްޔެވެސް ޖޭއެއްސސީން ވަނީ ގާޒީއަކާމެދު ފިޔަވަޅު އަޅާފައެވެ. އެއީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް އެވެ.

ޖޭއެސްސީން ބުނެފައިވަނީ އިސްމެޖިސްޓްރޭޓް އަލީ އާދަމް ޖަމްއިއްޔާއެއް އުފައްދައި އެ ޖަމްއިއްޔާގައި އަލީ އާދަމް ހަރަކާތްތެރިވެފައިވާކަން ސާބިތުވެފައިވާކަމަށާއި، އަދި، ތަފްރީގް ކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިނުމުގައި ފަނޑިޔާރެއްގެ ހައިސިއްޔަތުން ބަލަންޖެހޭ ވަރަށް ބަލާފައި ނުވާކަން ސާބިތުވެފައިވާ ކަމަށެވެ.

އިސްމެޖިސްޓްރޭޓް ޢަލީ އާދަމް އުފެއްދި ޖަމްއިއްޔާއިން އިސްނަގައިގެން ހދ.ކުޅުދުއްފުށީގައި ބޭއްވި ހަރަކާތެއްގައި އަލީ އާދަމް އަމަލީ ގޮތުން ބައިވެރިވެފައި ވާތީއާއި، އެ ހަރަކާތަކީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި އާންމުން ދެކުމުގެ ފުރުސަތު އޮތް ހަރަކާތަކަށް ވާކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވއެވެ. 

މިމއްސަލަ އާ ގުޅިގެން އަލީއާދަމަށް ވަނީ މުސާރައާއި ޢިނާޔަތްތައް ނުލިބޭ ގޮތަށް ދެ ހަފްތާގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކޮށްފައެވެ.  މިގޮތަށް ކޮމިޝަނުން ނިންމާފައިވަނީ އޭޕްރީލް 17 ވަނަ ދުވަހު ބޭއްވުނު، 27 ވަނަ ބައްދަލުވުމުގައެވެ. 

މިމުއްދަތުގައި ހދ.ޖުޑީޝާލް ދާއިރާ ހިންގުން ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޒު މުހައްމަދު އިސްމާއީލްއާ ހަވާލުކުރުމަށްވެސް އެކޮމިޝަނުންވަނީ ނިންމާފައެވެ. 

ޢަލީ އާދަމްގެ ފޭސްބުކް އެކަންޓުން އެ ހަރަކާތް އިޝްތިހާރު ކުރުމަށް މަސައްކަތްކޮށްފައިވާކަމަށާއި، ޢަލީ އާދަމްގެ ފޭސްބުކު ޕޭޖުގައި ހިއްސާކޮށްފައިވާ ފޮޓޯތަކާއި ފާޅުކޮށްފައިވާ ޝުޢޫރުތަކަކީ އޭނާ ހިއްސާކޮށްފައިވާ ތަކެތިކަމަށް ބުނެ އިޢުތިރާފުވެފައިވާކަމަށްވެސް ކޮމިޝަނުން ބުނެއެވެ. އަދި  އެއީ ސިޔާސީގޮތުން ފާޅުކޮށްފައިވާ ޚިޔާލުތަކާއި ޝުޢޫރުތަކެއްކަމަށް އާންމުން ދެކުމުގެ ފުރުސަތު ފާޅުކަން ބޮޑުގޮތެއްގައި އޮތް ކަމަކަށްވީއިރު، ފަނޑިޔާރެއްގެ ހައިސިއްޔަތުން ނުވަތަ ފަނޑިޔާރެއްގެ މަޤާމުގައި ހުރި މީހަކު ކޮށްގެންނުވާނެފަދަ ޢަމަލެއް  ކުރިކަން ސާބިތުވާކަމަށްވެސް އެކޮމިޝަނުންވަނީ ބުނެފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް