ads
ހަބީބާހުސައިން: ބޭނުންވަނީ ލޮލުގެ ފަރުވާ
ލޮލުގެ ފެނުން ގެއްލެނީ! ހަބީބާގެ ކަރުނަތައް ފޮހެވޭނީ ލޮލެއް ލިބިގެން!
ލޮލަކީ އިންސާނާގެ އެންމެ މުހިންމު އެއް ގުނަވަނެވެ. އެ ގުނަވަނުގެ އަލިކަމާއި ނުލައި ދުނިޔޭގައި ދުވަސްތައް ހޭދަކުރަން ޖެހިފައިވާ މީހުން މަދު ނޫން ނަމަވެސް އެފަދަ ފަރާތްތައް އުޅެން ޖެހިފައި ވަނީ އެތައް ތަކުލީފް ތަކާއި އެތައް އުނދަގޫ ތަކެއްގައެވެ. ދުނިޔެއަށް އުފަންވާ އިރު ލޮލުން ނުފެންނަ ފަރާތްތަކަށް މި އުނދަގޫ ތަކަކީ މާބޮޑު އުނދަގޫ ތަކެއް ކަމުގައި ނުވި ނަމަވެސް އާންމު ދިރިއުޅުމުގައި އުޅެމުން އައި މީހެއްގެ ލޮލުގެ ފެނުން އެނގި ހުރެ ގެއްލަމުން ދާކަށް އެއްވެސް މީހަކު ނޭނދޭނެ އެވެ. އެކަން ވާނީ ވޭނަކަށެވެ.
Advertisement

ކ. މާލެ ދަފްތަރު ނަމްބަރު ދރ 3064 ( މިހާރު ހިޔާ ފުލެޓްގައި ދިރިއުޅުއްވާ ) ހަބީބާ ހުސެއިންގެ ލޮލުގެ މައްސަލަ އެއް އުޅޭކަން ފުރަތަމަ ފަހަރަަށް އޭނާ އަށް ފާހަގަ ކުރެވެން ފެށީ އޭނާގެ ލޯ ފުސްވަމުންދާތީ ކަމުގައި ހަބީބާ ބުންޏެވެ. 

ފުރަތަމަ ލޯ ފުސްވަމުން ދިޔައީ މިދިޔަ އަހަރު ކުރީ ކޮޅުގައި ކަމަށާއި، އޭރު އެއީ މާބޮޑު ކަމެއްކަމަށް ހީ ނުކުރާ ކަމަށެވެ. އެހެން ނަމަވެސް މާ ބޮޑަށް ލޯ ފުސްވެ ލޮލުގެ ފެނުން ގެއްލަމުންދާތީ އައިޖީއެމްއެޗުގެ ލޮލުގެ ޑޮކްޓަރަކަށް ދެއްކި ކަމަށެވެ. 

ފުރަތަމަ ފަހަރަށް ޑޮކްޓަރަށް ދެއްކުމުން ވެސް ލޮލުގައި ހުރި ފުސް ކަހާލުމަށް ޑޮކްޓަރު އިރުޝާދު ދެއްވި ކަމަށް ހަބީބާ ބުންޏެވެ. ނަމަވެސް ފުސް ކަހާލުމަށް ފަހު މާގިނަ ދުވަހެއް ނުވެ، ހަބީބާ ބުނީ ލޯ ކުއްލިއަކަށް ދުޅަވަމުން ދާން ފެށި ކަމަށެވެ. 

"ލޯ ވަރަށް ބޮޑަށް ދުޅަވަމުންދާތީ އަވަހަށް އަނެއްކާވެސް އައިޖީއެމްއެޗް ހޮސްޕިޓަލުގެ ޑޮކްޓަރަށް ދެއްކީ. އެގޮތަށް ޑޮކްޓަރަށް ދެއްކުމުން ދުޅަ ކުޑަވާނީ ލޮލުގެ ކަޅިއަށް ޖަހަންޖެހޭ އިންޖެކްޝަނެއް ޖަހައިގެން ކަމަށް ޑޮކްޓަރު ވިދާޅުވި. ދެން ޑޮކްޓަރުގެ އިރުޝާދާއި އެކު ކަޅީގެ ތެރެއަށް ޖަހަން ޖެހޭ އިންޖަކްޝަން ހޮސްޕިޓަލަށް ގޮސް ބަރާބަރަށް ޖެހަމުން ދިޔައީ" ހަބީބާ ބުންޏެވެ.

އިންޖެކްޝަން ކަޅިއަށް ޖެހުމަށް ފަހު ގެއަށް އައިސް ވެސް ލޮލުގެ ދުޅަ ތިރި ނުވާ ކަމަށާއި، ފެނުން ވެސް ކުޑަކަމަށް ހަބީބާ ބުންޏެވެ. ހަބބާ ބުނީ އެގޮތުން ޑޮކްޓަރުގެ ލަފާގެ މަތިން ބަރާބަރަށް އެ އިންޖެކްޝަން ޖަހަމުން ދިޔައީ ކަމަށެވެ.

ހަބީބާބުނީ އެ ގޮތަށް ހޮސްޕިޓަލަށް ގޮސް ފަރުވާ ކުރަމުން ދިޔައިރު ވެސް އެއްވެސް ހައްލެއް ލިބިފައި ނުވާ ކަމަށެވެ. 

އެ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ލަފަޔާއި އެކު އެންމެ ފަހުން ހަބީބާ އެންމެފަހުން އިންޑިޔާއަށް ދިޔައެވެ. ހަބީބާ ބުނީ ފުރަތަމަ އިންޑިއާއަށް ދާން ތައްޔާރުވި އިރު މާލީ ހާލަތު ދަށްކަމުން ގިނަފަރާތް ތަކުގެ މަދަދަށް އެދުނު ކަމަށާއި ނަމަވެސް އެއްވެސް ފަރާތެއްގެ އެހީތެރިކަން އޭރު ލިބިފައި ނުވާ ކަމަށެވެ.

އޭރު އެންސްޕާ އިން ދެއްވި 300 ޑޮލަރާއި އެކު އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދެއްކީ އިންޑިއާގެ ކޮޗިންގައި ހުންނަ ޓައިޓޭނިޔާ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުގައި ހުންނަ ލޮލުގެ ޑޮކްޑަރަށް ދެއްކުމުން ފުރަތަމަވެސް އެ ޑޮކްޓަރު ވިދާޅުވި ކަމަށް ހަބީބާ ބުނީ ފުސްވެފައިވާ ލޯ ނަގަން ޖެހޭނެ ކަމަށެވެ.

"ޑޮކްޓަރު ވިދާޅުވީ ލޯ ނަނގަން ޖެހޭ ކަމަށް. އެ ލޯ ނެނގުމަށް ފަހު ލޮލެއް ޖެހޭނީ ލައްވަން ކަމަށް. ލޯ ނަގާފައި ލޮލެއް ލެއްވުމަކީ ވަރަށް ބޮޑު ކަމެއް. އެ ވަރަށް މާލީ ހާލަތުވެސް ނެތް. އިންޑިއާ ޑޮކްޓަރު ވިދާޅުވީ ލޮލުގެ ފުސް ކެހުމުގެ ސަބަބުން ކަމަށް ލޯ ސަކަރާތްވީ. އެހާ ހިސާބުން ވަރަށް ކަންބޮޑުވި،" ހަބީބާ ބުންޏެވެ.

ހަބީބާ ބުނީ އެހެންފަރާތެއްގެ ލޮލެއް ލިބޭނީ ދެލައްކަ އިންޑިއާ ރުޕީސް އަށް ކަމަށެވެ. ދެލައްކަ އިންޑިއާ ރުޕީޒް އަކީ ދިވެހި ރުފިޔާގެ ސާޅީސް ހާސް ހަތަރުސަތޭކަ އެއްހާ ރުފިޔާ އެވެ.

އިތުރަށް ހަބީބާ ބުނީ ލޯ ނުނަގާ އެހެން ގޮތެއް ވޭތޯ ޑޮކްޓަރުން ކުރެން އާދޭސް ކުރި ކަމަށާއި، ނަމަވެސް އެއްވެސް އެހެން ގޮތެއް ނެތް ކަމަށް ޓައިޓޭނިޔާ ހޮސްޕިޓަލުން ދެއްކި ލޮލުގެ ޑޮކްޓަރު ވިދާޅުވި ކަމަށެވެ.

ނަމަވެސް އެފަދަ ކަމަކަށް އޭރު ތައްޔާރު ވެފައި ނެތް ކަމަށާއި، އެ ދަތުރު ގައި އިންޑިއާ އަށް ދިޔައީވެސް މާލީ ހާލަތު ދަށް ކޮށް ކަމުން އަނބުރާ އިންޑިއާއިން ރާއްޖެ އަންނަން ޖެހުނު ކަމަށެވެ.

ރާއްޖެ އައިތާ މާގިނަ ދުވަހެއް ނުވެ ކަނާތް ފަރާތު ލޯވެސް ފުސްވެ، ފެނުން ގެއްލެމުންދާތީ އައިކެއާ އަށް ދިޔަ ކަމަށް ހަބީބާ ބުންޏެވެ. 

"އައިކެއާ އިން ދެއްކި ޑޮކްޓަރު ވެސް ވިދާޅުވީ ލޯ ޖެހޭނީ ހަމަ ނަގަން ކަމަށް،" ހަބީބާ ބުންޏެވެ.

ހިތުގެ ބައްޔާއި ލޭ މަތި ވުމުގެ އިތުރުން ހަކުރު ބަލި ތަހައްމަލް ކުރަން ޖެހިފައިވާ ހަބީބާގެ ފިރިމީހާ އަށް ވަނީ ސްޓްރޯކެއްގެ ސަބަބުން އެއްފަޅި ވާގި ނެތިފައި ކަމަށާއި، ދަރިންނަށްވެސް އެހާބޮޑު އެހީތެރި ކަމެއް ދެވޭ ވަރުގެ ފުދުންތެރި ކަން ހުރި ދަރިއެއް ނެތް ކަމަށް ހަބީބާ ބުންޏެވެ.

އިތުރަށް ހަބީބާ ބުނީ އެންމެންގެ ދީލަތި އެހީއެއް ލިބި ދިނުމަށް އޭނާ އެދޭ ކަމަށެވެ.

ލޮލެއް ގަތުމުގެ އިތުރުން އެކޮޅުގައި ހުރުމާއި ކެއުމާއި އެހެނިހެން ހަރަދުތަކަށް ވެސް ބޮޑު ހަރަދެއް ހޭދަވެގެންދާނެތީ ހަބީބާ އެދެނީ އާއްމުންގެ ދީލަތި އެހީއަކަށެވެ. 

ހަބީބާ އެދެނީ ފައިސާގެ ގޮތުން އެހީ ދެވެން ނެތް ފަރާތްތަކުން ވެސް އެނާ އަށް ހެޔޮ ދުއާ ކޮށް ދިނުމަށެވެ.

ގުޅޭނެ ނަމްބަރު: 7451313 / 7719519 ( ހަބީބާ ހުސެއިން )  

އެކައުންޓް ނަމްބަރު:  ބީއެމްއެލް ދިވެހި (7718180735101 ) ހަބީބާ ހުސެއިން

ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.

14%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް