ads
އުއްދަނޑިގޭ ތަޅުގަނޑީގެ މަންޒަރެއް
"އުއްދަނޑި ގޭ ތަޅުދަނޑި" ދިވެހި މުނިފޫހި ފިލުވުމުގެ ދާއިރައަށް މުޅިން އާ ރަހައެއް!
ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާއިން މިފަހަރު މިގެނެސްދެނީ މުޅިން ތަފާތު ރަހައެއް، އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި މަދުން ނަމަވެސް އަމިއްލަ އުފެއްދުންތަކަށް ލޯބިކުރާ ފަންނުވެރި ފަންނާނުންތަކެއް ތިބުމަކީ އަޅުގަނޑުމެން ކޮންމެ ދިވެއްސަކު ވެސް ފަހުރުވެރިވާނެ ކަމެއްކަން ގައިމު، އެހެންނޫންތޯ؟
Advertisement

މިފަހަރު "ފަން އިމޭޖުން" މިގެނެސްދިނީ ދިވެހިންނަށް މުޅިން އާ، ދިވެހިބަހުން ގެނެސްދީފައިވާ އިބްރަތްތެރި ކާޓޫން ސީރީޒެއް،(އުއްދަނޑި ގޭ ތަޅުދަނޑި) މިސީރީސް އަކީ ކޮންމެ ރޯދަމަހަކަށް ހާއްސަ ކޮއްގެން ގެނެސްދިނުމަށް ހަމަޖެހިފައިވާ ސީރީސްއެކެވެ. 

މިދިޔަ ރޯދަމަހު ފުރަތަމަ ސީޒަން ބައިސްކޯފުގައި ވަނީ ދައްކަންފަށާފައެވެ. މި ސީޒަންގައިވަނީ ފަސް ވެބިސޯޑެވެ.

މި ސީރީޒް ރިލީޒް ކޮށްފައިވަނީ ހުރިހާ އުމުރަކަށް ހާއްސަކޮއްގެނެވެ. 

ސީރީޒް ބަލާ ކޮންމެ މީހަކަށް ވެސް ލިބިގެންދާނެ އިބްރަތްތެރި ފިލާވަޅަކަށް ވެގެންދާނެއެވެ. ފޫހިކަމެއް ނެތި ފަސް ވެބިސޯޑް އެއް ފަހަރާ ވެސް ނިންމާލެވޭނެއެވެ. ސަބަބަކީ އެއް އެޕިސޯޑުން އަނެއް އެޕިސޯޑަށް އަޅާފައިވާ ލިންކު ރަނގަޅުކަމާއި، ސްޓޯރީ ޓެލިން ވެސް ރަނގަޅު ކަމުންނެވެ. 

"އުއްދަނޑި ގޭ ތަޅުދަނޑި" މި ސީރީޒަކީ "ފަން އިމޭޖް" އިން އަހްމަދު އިޝާރު، ފުރަތަމަ ފަހަރަށް ލިޔެ، ޑައިރެކްޓްކޮށް، އެނިމޭޓް ކޮށްފައިވާ ކާޓޫން ސީރީޒެކެވެ. މިސީރީޒް ވުޖޫދަށް ގެނައުން ވެގެންދިޔައީ އިޝާރަށް ވަރަށް ގިނަ ގުނަ ތަޖްރިބާތަކެއް ލިބިގެންދިޔަ ކަމަކަށެވެ. 

މީގެ ކުރިންވެސް އިޝާރު ވަނީ ބައެއް ލަވަތަށް އެނިމޭޓް ކޮށްފައެވެ. މީގެ ތެރޭގައި ؛-

- 2004 ޓީ.ވީ.އެމަށް "މެޒޯ މަސްތު" މިލަވަ އެނިމޭޓް ކޮށް

- 2008 "މަ އޯކޭ އޯކޭ ޓްރެފިކް ޖޭމް" އަދި "ފަސް މީދާ" ޑިމްބާ މިއުޒިކަށް (ވީ.ޓީ.ވީ)

- 2013 އަހަރު ޖުމްހޫރީ ޕާޓީ ކެމްޕެއިން ލަވަ

އަދި މީގެ އިތުރުން ވެސް އިސްތިހާރު ފަދަ ތަކެތިވެސް އިޝާރު އެނިމޭޓްކޮށްފައިވެއެވެ.

ސީ.އެން.އެމަށް މައުލޫމާތުދެމުން އިޝާރު ބުނީ މިސީރީޒް ހެދުމަށް ހިޔާލު ކުރެވުނީ ކޮވިޑް ޕެންޑަމިކް ތެރޭގައި ކަމަށެވެ. މިއަހަރު ޖެނުއަރީ މަހު ހަދަންފެށި މިސީރީޒް  އެޕްރީލް ދޭއްގެ ނިޔަލަށް ވަނީ ފުރިހަމަކޮށް ނިންމާފައެވެ.

"ބުރަ މަސައްކަތަކަށް ވިޔަސް ކުރާހިތްވާ މަސައްކަތަކަށް ވުމުން މިމަސައްކަތް ފުރިހަމަވުމީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް" އިޝާރު ބުންޏެވެ.

އަންނަ ރޯދަމަހު ވެސް އުއްދަނޑި ގޭ ތަޅުދަނޑީގެ މުޅިން އާ ސީޒަންއެއް ބައިސްކޯފަށް ރިލީޒް ކުރަން އުންމީދުކުރާކަމަށް އިޝާރު ބުންޏެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް