ads
ފޭދޫ ސިއްހީ މަރުކަރު
އަންހެނެއްގެ ގަޔަށް ނުބައި އިންޖެކްޝަން ޖެހި ނަރުސް ސަސްޕެންޑު ކޮށްފި
އައްޑޫ ސިޓީ، ފޭދޫ ހެލްތު ސެންޓަރުން އަންހެނެއްގެ ގަޔަށް ނުބައި އިންޖެކްޝަނެއް ޖެހި މައްސަލަ އާއި ގުޅިގެން އިންޖެކްޝަން ޖެހި ނަރުސް ސަސްޕެންޑު ކޮށްފި އެވެ.

ފޭދޫ ހެލްތު ސެންޓަރަށް ހުން އައިސް ހޮޑުލަވާތީ ދިޔަ އަންހެނެއްގެ ގަޔަށް ނުބައި އިންޖެކްޝަނެއް ޖެހިކަން، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އަންހެން މީހާގެ ގަޔަށް ނުބައި އިންޖެކްޝަން ޖެހި ނަރުސް މީހާ އަށް ވަގުތުން ފިޔަވަޅު އަޅާފައި ވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. 

ނުބައި އިންޖެކްޝަން ޖެހި ނަރުސް މީހާ ސަސްޕެންޑު ކޮށްފައި ވާއިރު، އޭއީއެޗް އިން ބުނީ، އެ ހާދިސާ މިހާރު ބަލަމުން އަންނަ ކަމަށާއި، އެ ހާދިސާގެ މައުލޫމާތު މިހާރު ނާސިން ކައުންސިލާވެސް ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ވަނީ ބުނެފަ އެވެ. 

ނުބައި އިންޖެކްޝަން އެއް އަންހެން މީހާގެ ގަޔަށް ޖެހުމުން އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭއީއެޗުން ވަނީ ދޮގު ކޮށްފަ އެވެ. 

އޭއީއެޗުން ބުނީ ނުބައި އިންޖެކްޝަނެއް ޖެހުމުން ބަލިމީހާގެ ހާލަތު ގާތުން ބަލާފަވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް