ads
ނަޝީދު
ރާބޯ މީހުންނާ ޒިނޭ ކުރާ މީހުން ލިސްޓުގައި އެބަތިބި، ހާމަކުރާނަން: ނަޝީދު
އެމްޑީޕީގެ އިސް ސަފުގައި ރާބޯ މީހުންނާއި، މީހުންނާއި އިދެގެން ހުރެ ޒިނޭ ކުރާ މީހުންނާއި، ރިޝްވަތު ނަގާ މީހުން އެބަތި ކަމަށް ރައްޔިތުންގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އިސް ސަފުގައި ތިބި ފަރާތްތަކެއް ގާނޫނާއި ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަމުގެ ލިސްޓެއްވެސް ތައްޔާރުކުރައްވަން އެމަނިކުފާނު ވަރަށް ބޮޑަށް އެދިލައްވާ ކަމަށެވެ. 

އަދި ވިދާޅުވީ އެފަދަ ލިސްޓެއް އެކުލަވާލާއިރު އެމަނިކުފާނުގެ ނަންފުޅު އޮތްނަމަ އެކަމެއް އަވަހަށް ހާމަކުރައްވަން އެދޭ ކަމަށެވެ. 

ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުމާއި ގުޅިގެން އެމަނިކުފާނު ގެންދަވަނީ ސަރުކާރަށާއި، ރައީސުލް ޖުމްހޫރިއްޔާ އަށް އަދި އެމްޑީޕީގެ އިސްފަރާތްތަކަށްވެސް ތުހުމަތުކޮށް އެކި ކަހަލަ ވާހަކަތައް ދައްކަވަމުންނެވެ. 

ރައީސް ނަޝީދު ވިދާޅުވީ ގާނޫނާ ހިލާފަށް އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ކޮށްފައިވާ އަމަލުތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މިންވަރަކުން ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށެވެ. 

ބަހުގެ ހަމަލާތައް ރައްދު ކުރަމުން ރައީސް ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީހަކާ އިނދެގެން ހުރެ ޒިނޭ ކުރައްވާފައިވާ ކަމަށާއި، އެ ފަދަ ފޮޓޯތަކެއް އެބަހުރި ކަމަށްވެސް ވިދާޅުވެފަ އެވެ. 

އަދި ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަކީ ރާބޯ މީހެއް ކަމަށްވެސް ތުހުމަތުތަކެއް ކޮށްފަ އެވެ. 

އެއްޖިންސުން ގުޅުން ހިންގި މައްސަލަ އާއި ގުޅިގެން ރައީސް ނަޝިދުގެ އެއްބަނޑު އެއްބަފާ ކޮށްކޮ ގާނޫނީ ވަކީލް ނާޒިމް ސައްތާރު ހައްޔަރުކުރުމަށްފަހު ފުލުހުން ދަނީ އަދިވެސް މި މައްސަލަ ތަހުގީގު ކުރަމުންނެވެ. 

ނާޒިމް ސައްތާރުގެ މައްޗަށް ތުހުމަތު ކުރެވޭމައްސަލަ އަށް އޭނާ ބަންދުގައި ބަަށްޓައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ ހަތް ދުވަހުގެ މުއްދަތެއް ޖަހައިދީފަ އެވެ. 

83%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް