ޝިއާއުގެ މަރާއި ގުޅިގެން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިއާއުއަށް ހަމަލާދީފަވަނީ ނުވަތަ މަރާލާފައިވަނީ ކީއްވެކަން މިހާތަނަށް ދެނެެގަނެވިފަވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ފުލުހުން ބުނީ، އެކަން އަދި ސާފު ނުވާ ކަމަށެވެ.
ފުލުހުން ބުނީ، ޕޯސްމޯޓަމް ނަތީޖާއާއެކު މަރުގެ ހަގީގަތް ދެނެގަނެވޭނެ ކަމަށާއި، އެ ސުވާލުތަކުގެ ޖަވާބު ދިނުމަށް އަދި މިވަގުތު އަވަސް ކަމަށެވެ.
މަރަކީ ލާއިންސާނީ މަރަކަށްވުމުން ދީފައިވާ އަނިޔާތަކުގެ ތަފްސީލާއި، ލިބިފަހުރި ބައެއް ހެކިތަކާއި ގުޅޭގޮތުން ވެސް ވާހަކަދައްކަން ފުލުހުން ވަނީ އުޒުރުވެރިވެފަ އެވެ.
އެމައުލޫމާތު ފުލުހުން ހާމަކުރަން މިވަގުތައް ބޭނުން ނުވަނީ، އެމައުލޫމާތުތަކުގެ ސަބަބުން އާއިލާއަށް ކުރާނެ އަސަރުތަކަށް ބަލާ، އާއިލާގެ އެދުމުގެ މަތިން ނެވެ.