ads
އިބްތިހާލް އާއި އޭނާގެ މަންމަ އާފިޔާ މުހައްމަދު
އިބްތިހާލްގެ މަންމައަށް ހުކުމްކުރުން އަންނަ މަހަށް ފަސްކޮށްފި
ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މުހައްމަދު އިބްތިހާލް މަރާލި މައްސަލައިގައި އޭނާގެ މަންމަގެ އާފިޔާ މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާއި ގުޅިގެން ހުކުމް އިއްވުން އަންނަ މަހަށް ފަސްކޮށްފި އެވެ.
Advertisement

ރަކީދޫގައި އިބްތިހާދު މަރާލާފައި އޮއްވާ ފެނުނީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ.

މިމައްސަލައިގައި ދައުލަތުން އާފިޔާގެ މައްޗަށް އުފުލާފައިވަނީ އަމުރަށް ނުކިޔަމަންތެރިިވުމުގެ ދައުވާއާއި ގަސްދުުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ. 

މިމައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ކުރިން ނިންމަވާފައިވަނީ އާފިޔާއާ ދެކޮޅަށް ދައުލަތުން ހުށަހަޅަން ބޭނުންވާ އިތުރު ދެ ހެކިވެރިންގެ ހެކިބަސް މިއަދަށް ތާވަލްކުރި ޝަރީއަތުގެ މަޖިލީހުގައި ނުނެގުނު ނަމަވެސް މިމައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލުމަށެވެ. އަދި މިމައްސަލައިގައި މި މަހު ފަހުކޮޅު ހުކުމްކުރުމަށެވެ.

ނަމަވެސް މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އާފިޔާއާ ދެކޮޅަށް ދައުލަތުން ހުށަހަޅަން ބޭނުންވާ އިތުރު ދެ ހެކިންގެ ތެރޭގައި ހިމެނޭ އާފިޔާގެ ފިރިމީހާ އިބްރާހިމް ޝަފީގުގެ ހެކިބަސް މާދަމާ ނެގޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އިބްރާހީމް ޝަފީގު މިވަގުތު މަސައްކަތް ކުރަނީ ށ. އަތޮޅުގައި ފެރީއެއްގައި ކަމަށްވާތީ މާދަމާ އެ އަތޮޅު ކޯޓަކަށް ވަޑައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އޭނާގެ ހެކިބަސް ނެގޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. އެހެންކަމުން މާދަމާ އިބްރާހީމް ޝަފީގުގެ ހެކިބަސް ނެގުމަށް ފުރުސަތު ދެއްވުމަށްވެސް ދައުލަތުން ވަނީ އެދިފަ އެވެ. 

ދައުލަތުން އެގޮތަށް އެދުމުން ގާޒީ ސަމީރު ވިދާޅުވީ މިމައްސަލައިގައި ހެކިބަސް ނެގުމަށް މާދަމާ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އަދި އެއީ މިމައްސަލައިގައި ހެކިބަސް ނަގަން ބާއްވާނެ ފަހު އަޑުއެހުން ކަމަށްވެސް ވިދާޅުވި އެވެ. 

ގާޒީ ވިދާޅުވީ މާދަމާ ހެކިބަސް ނަގާ ނިންމާލެވުނު ނަމަވެސް މިމައްސަލައިގެ ހުލާސާ ބަޔާން އިއްވުން ދެން ކުރިއަށް ގެންދާނީ މިމަހުގެ ފަހުކޮޅު ކަމަށެވެ. އަދި މިމައްސަލައިގައި ދެން ހުކުމް ކުރުން އޮންނާނީ އަންނަ މަހުގެ ކުރީކޮޅު ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

އިބްތިހާލްގެ މަރާ ގުޅިގެން އާފިޔާ ވަނީ ކޯޓުގައި އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާފަ އެވެ. އެގޮތުން އިބްތިހާލް މަރާލި ކަމަށް ކުރިން އިއުތިރާފްވެފައި ފަހުން އެކަމަށް އިންކާރުވެސް ކޮށްފައިވެ އެވެ. އިބްތިހާލް މަރާލި ކަމަށް ކުރިން އިއުތިރާފްވީ ބިރު ދެއްކުމުން ކަމަށްވެސް ބުނެފައިވެ އެވެ. 

އިބްތިހާލު މަރާލި ފަހުން ފަސް އަހަރު ފާއިތުވެގެން ދިޔައިރުވެސް މިމައްސަލަ ނިންމާލެވިފައި ނުވާތީ ބައެއް މީހުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް