ads
އެކްސިޑެންޓުގައި އަނިޔާވި މީހާ އެމްބިއުލާންސް އަށް އަރުވަނީ: ފޮޓޯ-- ތޯހާ ޔާސިން
ހިނގާފައި ދިޔަ މީހެއް ގައިގައި ކެރޭން ޕިކަޕެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، އަނިޔާވި މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެކްސިޑެންޓު ހިނގާފައިވަނީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލު ކައިރިން ހިނގާފައި ދިޔަ ފިރިހެން މީހެއްގެ ގައިގައި، ދުއްވާފައި ދިޔަ ކެރޭން ޕިކަޕެއް ޖެހިގެންނެވެ. އަދި އެމީހާ ޕިކަޕުގައި ޖެހި ޕިކަޕުގެ ދަށު ވެފައި ވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. 

އެރަށުން "ސީއެންއެމް" އަށް މައުލޫމާތު ދިން ފަރާތަކުން ބުނީ، އެމީހާ އަށް ވަރަށް ބޮޑަށް އަނިޔާ ވެފައި ވާކަމަށާއި، އެމީހާ އެކްސިޑެންޓު ވެފައި އޮތް އިރު އަނގައިންނާއި، ނޭފަތުން ގިނަ އަދަދަކަށް ލޭ ފައިބަމުން ދިޔަ ކަމަށެވެ. އަދި އެ މީހާގެ ބޮލުންވެސް ގިނަ އަދަދަކަށް ލޭ ފައިބަމުން ދިޔަ ކަމަށް އެ ފަރާތުން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އެމީހާ ބުނީ، އެކްސިޑެންޓުގައި އަނިޔާވި މީހާ އޮތީ، ޕިކަޕުގެ ދަށު ވެފައި ކަމަށެވެ. އަދި މިހާރު އެމީހާ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، އޭނާ އަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށާއި، އެމީހާގެ ހާލު ސީރިއަސް ކަމަށް ވަނީ ބުނެފަ އެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިއަދު މެންދުރު 13:55 ހާއިރު، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ކައިރިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ކްރޭން ލޮރީއަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ލިބިފައި ވާކަމަށެވެ. 

އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް