ads
އަނަންޏާ
އަނަންޔާ އެއްފަހަރާ ދެ މީހުންނާ ރައްޓެހިވި: ކަރަން
ކޮފީ ވިތް ކަރަންގެ އެންމެ ފަހު ޝޯގައި ބައިވެރިވެފައިވަނީ، ނެޓްފްލިކްސް އިން މިފަހުން ޓްރެންޑުވެގެންދިޔަ "ރިއާލިޓީ ޝޯ ބޮލީވުޑް ވައިވްސް" ގެ ސްޓާރުން ނެވެ.

އެގޮތުން ފިލްމީ ތަރި އަންންޔާ ޕާންޑޭގެ މަންމަ ބާވްނާ ވެސް އޭގެތެރޭގައި ހިމެނެ އެވެ. ކަރަން ވަނީ ބާވްނާ އަށް ނިސްބަތްކޮށް އޭނާގެ އަންހެން ދަރިފުޅު އަނަންޔާ އެއް ފަހަރާ ދެ ފިރިހެން ކުދިންނާ ރަށްޓެހިވިކަމަށް ބުނެފަ އެވެ. 

ކަރަން މިހެން ބުނެފައިވާއިރު އަނަންޔާ އަދި އޭނާގެ ލޯބިވެރިޔާ އިޝާން ހަތާ އާ އަނަންޔާ ވަނީ ރުޅިވެފައެެވެ.

ބަވްނާ ގެ ދަރިފުޅުގެ ދިފާއުގައި އޭނާ ވާހަކަ ދެއްކިއެވެ. ނަމަވެސް ކަރަން ވަނީ ޝޯގައި ތިބި އެހެން މެހެމާނުންނާ އެކު އަނަންޔާ އަށް ޖޯކު ޖަހާފަ އެވެ. 

މިގޮތުން މަޝްހޫރު ފިލްމީ ތަރި ޝާހްރުކްހާންގެ އަންހެނުން ގޯރީ ހާން ގާތުގައި ވެސް ކަރަން ވަނީ އޭނާގެ އަންހެން ދަރިފުޅަށް ދޭނެ ނަސޭހަތަކީ ކޮބާތޯ ސުވާލުކޮށްފައެވެ. 

ޖަވާބުގައި ގޯރީ ބުނެފައިވަނީ "އެއްފަހަރާ ދެ ފިރިހެނުންނާ ހިތާނުވާން" އޭނާ އަންހެން ދަރިފުޅު ގާތުގައި ކުރީބައިގައި ބުނެފައި އޮންނާނެކަމަށެވެ. 

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް