ads
ބޯހުރާ ކައިރީ އޮންނަ މުލީކޮޅު ރާޅުގަނޑު، ފޮޓޯ: ލިކިއުފައި މޯލްޑިވްސް
ރާޅާއަޅަން ގޮސްއުޅުނު ފަތުރުވެރިއަކު ގެއްލިއްޖެ
މ. މުލި ރާޅުގަނޑު ސަަރަހައްދުގައި ރާޅާއަޅަން ގޮސްއުޅުނު ފިރިހެން ފަތުރުވެރިޔަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ގެއްލިގެން އުޅެނީ އެ ސަރަހައްދުގައި ރަޅާއަޅަން ގޮސް އުޅުނު ހަތް ފަތުރުވެރިންގެ ތެރެއިން އެކަކެވެ. 

އެމްއެންޑީއެފް އިން ބުނީ، އޭނާ ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 12:47 ހާއިރު ކަމަށެވެ. 

މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ ސަރަހައްދަށް ގޮސް، ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ފަށާފައެވެ. 

އެމްއެންޑީއެފްއިން ބުނާގޮތުން ގެއްލުނު ފަތުރުވެރިޔާ އެންމެ ފަހުން ލައިގެން ހުރީ ކަޅު ޓީޝާޓެކެވެ.

މި ދުވަސްވަރަކީ މުލި ސަރަހައްދަށް ވަރަށް މޫސުން ގޯސް ދުވަސްވަރެއްކަން ފާހަގަކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް