ads
ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދު
ހޯޑެއްދޫގެ އިތުރު ތަންތަންވެސް ބަލައި ފާސްކުރަނީ
ގދ. އަތޮޅުގައި ފުލުހުން ކުރިއަށްގެންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހޯޑެއްދޫގެ ވަލުތެރޭ ވަޅުލާފައި ހުއްޓައި ފެނުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގުޅިގެން ހޯޑެއްދޫގެ އިތުރު ތަންތަންވެސް ބަލައި ފާސްކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ވަޅުލާފައި ހުއްޓައި ފެނުނު އެ މަސްތުވާތަކެތި ފެނިފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގދ. އަތޮޅުގައި ކުރިއަށްގެންދާ އެ އޮޕަރޭޝަންގެ ތެރެއިން ނެވެ.

މި އޮޕަރޭޝަންތެރޭ ހޯޑެއްދޫ ބަލައި ފާސްކޮށް މިދިޔަ އަންގާރަ ދުވަހު ހައްޔަރުކުރި އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ވަނީ މަރުވެފައެވެ. އަދި ހޯޑެެއްދޫ ވަލުތެރޭގައި ވަލުޅާފައިހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އެ އޮޕަރޭޝަންތެރެއިން ފުލުހުން ވަނީ މިއަދު ހޯދާފައެވެ.

މިކަމާއި ގުޅިގެން މިއަދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވާގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިފަހުން މަރުވި ރަޝީދު ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމުގެ ތުހުމަތުގައެވެ. 

ވަލުތެރޭ ވަޅުލާފައި ހުއްޓައި މިއަދު ފެނުނު ގިނަ އަދަދެއްގެ މަސްތުވާތަކެެއްޗަކީ އެމައްސަލާގައި ތުހުމަތުކުރެވޭ އެހެން މީހަކު ވަޅުލާފައި ހުރި ތަކެތި ކަމަށާއި، ކުރިއަށް އޮތް ވަގުތުތަކުގައި ހޯޑެއްދޫގެ އިތުރު ތަންތަންވެސް ބަލައި ފާސްކުރާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.  

ރަޝީދުގެ މަރާއި ގުޅިގެން ސީޕީ ވިދާޅުވީ، ރަޝީދު ފުލުހުންގެ ހައްޔަރަށް ގެނެވިފައިހުއްޓައި މަރުވުމަކީ ވަރަށް ހިތާމަވެރިކަމެއް ކަމަށާއި، އެކަމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ނޫންކަމަށް އިއްޔެ އާއިލާއިން ބުންޏެވެ. އަދި ފުލުހުން އޭނާއަށް އަނިޔާކޮށް މަރާލި ކަމަށް ތުހުމަތުކުރާތީ އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް މިވަގުތު އޮތީ ގަލޮޅު މޯޗަރީގައި ބާއްވާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް