ads
އިރު
އިރުން ފެނުނު ހަރުފައިގެ ހަގީގަތް
އިރުން ހަރުފައެއް ޒާތުގެ އެއްޗެއް ސައިންސުވެރިންނަށް ފެނިގެން އެއީ ކޯއްޗެއްތޯ ބައިލިފިއެވެ.

"ސޯލާ ސްނޭކް" ގެ ނަމުން މަޝްހޫރު މި ފިނޯމިނާ ބަލައި ހޯދުމަށް ފަހު ސައިންސުވެރިން މިއަދު ބުނެފައިވަނީ އިރުން ހަރުފައެއް ޒާތުގެ އެއްޗެއް ދުވާ މަންޒަރު ފެނުނީ އިރުގައި އުފެދިފައިވާ ދަގަތްފާނުގެ ބާރުގެ ފީލްޑު ނުވަތަ މެގްނެޓިކް ފީލްޑުގެ ސަބަބުން ކަމަށެވެ. 

މި "ހަރުފަ" އުފެދުނީ އިރުގެ ސަރަހައްދުގައި ހުންނަ ފިނި ސަރަހައްދުގެ މެގްނެޓިކް ފީލްޑުކަމަށް ކަމަށް ވެސް ސައިންސު ވެރިން ބުނެއެވެ. 

"ހަރުފަ" އިރުގެ ޑިސްކް ހުރަސްކޮށް ސިކުންތަކަށް 105 މޭލު ނުވަތަ ގަޑިއަކު 608،000 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވައިގަތުމަށް ތިން ގަޑިއިރު ނަގާފައިވެ އެވެ.

މި މަންޒަރުތައް ރެކޯޑުކުރި އީއެސްއޭ ޖައްވީ އުޅަނދު އޮޕަރޭޓް ކުރާ ކުންފުންޏަކުން މިމަހު ފަސް ވަނަ ދުވަހުއެވެ. 

ސޯލާ އޯބިޓަރުގެ އެކްސްޓްރީމް އަލްޓްރާވައިލެޓް އިމޭޖާ އިން ނަގާފައިވާ ތަސްވީރުތަކުން އުފައްދާފައިވާ ޓައިމް ލެޕްސް ސިކުއެންސްގައި، ސިކުންތެއްގެ ތެރޭގައި "ހަރުފަ" އިރުގެ ޑިސްކް ހުރަސްކުރެއެވެ. 

41%
ކަމުގޮސްފި
41%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް