ads
އޭޑީކޭ ނާޝިދު، ފަހަތުގައި އެމްޑީ އައްފާލް
ސްކޫލް ބަންދު ބޯމަތީ އޮއްވާ އޭޑީކޭގެ އަގުތައް ބޮޑުކޮށްފި
ރާއްޖޭގެ އެންމެ ދުވަސްވީ، ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭއިން އެ ހޮސްޕިޓަލުންދޭ ސިއްހީ ހިދުމަތްތަކުގެ އަގު ބޮޑު ކުރަން ނިންމައިފިއެވެ.
Advertisement

އޭޑީކޭ ހޮސްޕިޓަލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާދަމާ ނޫން އަނެއް ދުވަހުން ފެށިގެން އޭޑީކޭގެ ހިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. އޭޑީކޭއިން ބުނީ 2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން އިންފްލޭޝަން ރޭޓް މަތިވެ މުދަލާއި ހިދުމަތުގެ އަގު ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް ބޮޑު ވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އޭޑީކޭގެ ހިންގުމުގެ ހަރަދުތައްވެސް ބޮޑުވެފައިވާ ކަމަށް އޭޑީކޭއިން ބުންޏެވެ.

އޭޑީކޭއިން ބުނީ އެ ހޮސްޕިޓަލުގެ ހިދުމަތުގެ އަގުތައް ބޮޑުވި ނަމަވެސް ވީހާވެސް ލުއި ގޮތަކަށް އެ ބަދަލުތައް ގެނައުމަށްޓަކައި އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

އޭޑީކޭގެ ހިދުމަތްތަކުގެ އަގު މި ބޮޑު ކުރީ ސްކޫލްތަކުގެ މިޑްޓާމް ބަންދު ބޯމަތީގައި އޮއްވައެވެ. މިޑްޓާމް ބަންދަކީ އެހެން ބަންދުތަކެކޭވެސް އެއް ގޮތަށް ގިނަ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް މާލެ އަންނަ ދުވަސްވަރެކެވެ. އަދި ޑިސެންބަރު މަހަކީ ޒަމާނުއްސުރެ ރާއްޖޭގައި ހިތާނު ކުރުންވެސް ގިނަ ދުވަސްވަރެކެވެ.

އަނެއްކޮޅުން އޭޑީކޭގެ ހިދުމަތުގެ އަގު ބޮޑުކުރުން އެ ކުންފުނިން ނިންމިއިރު، ފަގީރުންނާއި މުއްސަނދިންނަށް މިހާރު އެއްހަމައަކުން އާސަންދަ ދެމުން އަންނަ އުސޫލު ބަދަލުކުރުމުގެ ގޮތުން އެކަމަށް ހާއްސަ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ކުރާ ކަމަށް ޖެންޑާ މިނިސްޓްރީން މި ފަހުން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
92%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް