ads
ސެނެގާލް މަޖިލީހުގެ ތެރޭގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން
މާބަނޑު މެމްބަރަކަށް ހަމަލާދިން ދެ މެމްބަރަކު ޖަލަށްލުމަށް ހުކުމްކޮށްފި
ސެނެގާލްގެ ގާނޫނުހަދާ މަޖިލީހުގެ އަންހެން މެމްބަރަކަށް ހަމަލާދިން އެމަޖިލޯހުގެ އިދިކޮޅު ދެ މެމްބަރަކު ޖަލަށް ލުމާއިއެކު ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފިއެވެ.
Advertisement

ބަޖެޓް ބަހުސްގައި މާބަނޑު އެކުވެރިއެއްގެ ބަނޑުގައި ފިރުމާލި މައްސަލައިގައި ސެނެގާލްގެ އިދިކޮޅު ދެ މެމްބަރުންނަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ސަރުކާރު ހިންގާ ބެނޯބޮކް ޔަކާރް ކޯލިޝަންގެ މެމްބަރެއް ކަމަށްވާ މިސް ންޑިއޭއަށް ހަމަލާދިނީ އެމަޖިލީހުގެ އިދިކޮޅު ދެ މެމްބަރުންކަމަށްވާ މާމަޑޫ ނިއަންގް އާއި މަސާތާ ސަމްބް އެވެ. ނަމަލާދީފައިވަނީ މިމަހުގެ ފުރަތަމަ ދުވަހު އެގައުމުގެ ދައުލަތުގެ ބެޖެޓްގެ ބަހުސް ކުރިއަށްދިޔައިރު އުފެދުނު ހިޔާލުތަފާތުވުމުގެ ތެރެއިންނެވެ.

ފިރިހެން މެމްބަރުން އެމީ ންޑިއޭޔަށް ހަމަލާދިނީ އިދިކޮޅު ދީނީ ފަރާތަކަށް ފާޑުވިދާޅުވެ މަޖިލީހުގައި ވާހަކަ ދެއްކެވުމުންނެވެ. އެ މީހުން އެމީ ބަނޑުގައި ކޮޅުފައި ތެޅުމުން އޭނާގެ ބަނޑުގައި އޮތް ދަރިފުޅުގެ ފުރާނައަށް ނުރައްކާވެދާނެކަމުގެ ބިރު އޮތްކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމަލާއަށް ފަހު އެމީ ހޭނެތިގެން ވެއްތުމުން ވަގުތުންވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައެވެ.

މިމައްސަލައާއި ގުޅިގެން މާމަޑޫ ނިއަންގް އާއި މަސާތާ ސަމްބް ހަ މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކުރުމާއިއެކު ބަދަލުގެ ގޮތުގައި އެމީއަށް އަށް ބަދަލުގެ ގޮތުގައި ފަސް މިލިއަން ސީއެފްއޭ ފްރެންކް ދިނުމަށްވެސް ކޯޓުން ހުކުމްކުރިއެވެ. އެއީ ދިލަރުން ބަލާނަމަ 8،100 ޑޮލަރެވެ

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް