ads
އައިޝްވާރިއާ އާއި އޭނާގެ ފިރިމާ އަދި ދަރިފުޅ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް
އައިޝްވާރިއާ ސިއްރުން ރާއްޖެއަށް ކުރި ދަތުރުގެ މަންޒަރުތައް ހާމަކޮށްފި
އައިޝްވާރިއާ ރާއްޖޭގައި އުޅޭ މަންޒަރު ދައްކުވައިދޭ ބައެއް ފޮޓޯތައް އޭނަގެ ފިރިމީހާ އަބީޝޭކް ބަޗަން ހާމަކޮށްފިއެވެ.
Advertisement

ދެމަފިރިން ދަރިފުޅާއެކު ރާއްޖެއައިސްފައިވަނީ އަބީޝޭކްގެ 47 ވަނަ އުފަން ދުވަސް ފާހަގަކުރުމަށެވެ. އުފަން ދުވަސް ފާހަގަކޮށްފައިވަނީ 'ޕްރައިވެޓްކޮށް' ނަމަވެސް، އުފަންދުވަހުގެ ފޮޓޯތައް އާންމުކުރަން އަބީޝޭކް ހުރީ ކެތް މަދުވެފައެވެ. ރާއްޖެއިން ފުރައިންގެ ދިޔަތާ ދެތިން ދުވަހުގެއް ތެރޭގައި އޭނަގެ އިންސްޓަގްރާމުން މުޅިން ވެސް މިހާރު ފެންނަނީ ރާއްޖޭގައި ހޭދަކުރި އުފާވެރި އުފަންދުވަހުގެ ފޮޓޯތަކެވެ. 

އެމީހުން ރާއްޖެއައިސް ފުރައިގެން ދިޔައީ ހޯމަ ދުވަހުއެވެ. އެމީހުން ތިބީ 'ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓު' ގައެވެ. 

އަބީޝޭކް ވަނީ ރާއްޖޭގައި އައިޝްވާރިއާގެ އުފަންދުވަސް އެހާ ފުރިހަމަކޮށް ފާހަގަކުރެވުނީތީ ރިސޯޓުގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ. 

އަބީޝޭކް ހާމަކުރި ބައެއް ތަސްވީރުތަކުން ފެންނަނީ ހޮޓަލުން މަރުހަބާ ކިޔާން ވެފައި ހުރި ތައްޔާރީއެވެ.  އަދި އޭނާގެ އެނދު ޒީނަތްތެރިކޮށްފައިވަނީ 'ހެޕީ ބާރތްޑޭ' ގެ ނިޝާނެއް ޖަހައިގެންނެވެ. 

އަބީޝޭކް ވަނީ ދިވެހިރާއްޖޭގެ ރީތިކަމަށް އޭނާގެ ފޮޓޯތަކުގައި ތައުރީފުކޮށްފައެވެ. އަދި އެންމެ ރީތި ފޮޓޯ އޮތީ އެންމެ ފަހުން ކަމަށް ބުނެ ޝެއާ ކުރީ އައިޝްވާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެކެވެ. 

އެ ފޮޓޯތަކާ މެދު އަބީޝޭކް އާއި އެއްބަސްވެ އެއް ފޭނަކު ބުނީ "ލަސްޓް ވަން އިޒް ބެސްޓް ވަން" ކަމަށެވެ. 

71%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް