ads
ޝައިހް ރާޝިދް ހައިޕަމާކެޓްގައި
ޝައިހް ރާޝިދު ހައިޕަމާކެޓަށް ވަޑައިގެންނެވުމުން ހައިރާންކަން!
ޔޫއޭއީގެ ނައިބު ރައީސް އަދި ދުބާއީގެ ވެރިޔާ ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް އާއްމުކޮށް ފެނިވަޑައިގަންނަވަނީ ރަސްމީ ކަންކަމުގައި، ހައިލެވަލް ބޭފުޅުންނާއިއެކުގައެވެ.

ނަމަވެސް މިދިޔަ ހަފްތާގައި ރާޝިދު ދުބާއީގެ ހައިޕަމާކެޓަކަށް ވަޑައިގެންނެވުމުން އެތަނުގައި ތިބި މީހުންނަށް ހައިރާންކަން ލިބިއްޖެއެވެ. ރާޝިދު ހައިޕަމާކެޓަށް ވަޑައިގެންނެވި ނަމަވެސް އެއްވެސް އެއްޗެއް ބައްލަވައި ނުގަންނަވައެވެ.

އަރަބި ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުން ޝައިހް ރާޝިދު ވަޑައިގެންނެވީ ދުބާއީގެ ޖަޔަންޓް ހައިޕަ މާކެޓަށެވެ. އެ ޒިޔާރަތުގެ ވީޑިއޯތައްވެސް މިހާރުވަނީ ވައިރަލް ވެފައެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި ރާޝިދުވަނީ ހައިޕަ މާކެޓްގެ ބައެއް ތަންތަނުގެ ހަރުތަކުގައި އަތްލައްވާ ހިރަފުސް ހުރިތޯ ބައްލަވާފައެވެ. އަދި ބައެއް ތަކެތި ނަންގަވަ އެތަކެތިވެސް ބައްލަވާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ.

މިދިޔަ އަހަރުގެ އޭޕްރީލްގައިވެސް ޝައިހް ރާޝިދް ވަނީ ދުބާއީގެ ޔޫނިއަން މާކެޓަކަށް ވަޑައިގެން ތަކެތީގެ އަގާޔައި، އެތަކެތި ގެންގުޅެނީ ގަވާއިދު ހުއްދަކުރާ މިންގަނޑަށްތޯ ބައްލަވާފައެވެ. 

61%
ކަމުގޮސްފި
24%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް