ads
ރައީސްގެ މޮޓޮކޭޑް އަދި ބައެއް ސެކިއުޓީން
ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑު ހުއްޓުވުން: މަންޒަރު ދުށް މީހެއްގެ ދުލުން
އަންގާރަ ދުވަހުގެރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ މޮޓޯކޭޑް ގޮސް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއަށް ވަނީ ވަދެފައެވެ.
Advertisement

އެއާއެކު މުޒާހަރާކުރާ މީހުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މޮޓޯކޭޑް ހުއްޓުވައި ރައީސް ސޯލިހުގެ ކާރުކޮޅު ކުރިއަށް ދިއުމަށް ހުރަސްއަޅާފައެވެ. 

މި މައްސަލައިގައި އެކި މީހުން އެކިވާހަކަ ދައްކަމުން އަންނައިރު މަންޒަރު ދުށް މީހަކާ ސީއެންމެގެ ފަރާތުން ވާހަކަ ދައްކާލީމެވެ. 

"ރައީސް ސޯލިހު ވެސް ކާރުކޮޅު ތެރޭގަ އިންނެވި. އަޅުގަނޑަށް އެ ސަރަހައްދަށް ދެވުނުއިރު އުޅެނީ އެކަމެއް ހިނގައިގެން،" މަންޒަރު ދުށް މީހަކު ސީއެންއެމްއަށް ކިޔައިދެމުން ބުންޏެވެ.

އޭނާ ބުނީ އޭނާ އަށް އެ ސަރަހައްދުގައި ކަމެއް 'ވަރަށް ބޮޑަށް ގޯސްކޮށް' ހިނގައިގެން އުޅޭކަން އެނގުނީ ރައީސް ސާލިހުގެ ސެކިއުރިޓީ ޓީމުން ނުކުމެ ހަރަކާތްތެރިވާން ފެށުމުންކަމަށެވެ. 

"އެސްޕީޖީ މީހުން ނުކުމެ ކާރު ކުރިމައްޗަށް އަރާ ތިބި މީހުން އުކާލަން ފެށީ. އޭރު ބައެއް ކާރުތައް އަނބުރާލައިފި،"

އޭނާ ބުނީ އެވަގުތު އެ ސަރަހައްދުގައި ހުރުމަކީ ބިރުވެރިކަމެއްގެ ގޮތުގައި ސިފަވިކަމަށެވެ. ނަަމަވެސް މަގުގެ ދެކޮޅުން ބްލޮކްވެފައި އޮތުމުން ސައިކަލު އަނބުރާވެސް ނުލެވުނުކަމަށެވެ. 

"ދެން ވަކީލުކޮށްލައިގެން ހުރީ އެކަން ނިމެންދެން. ބޮޑަށް ބިރުގަތީ ރައީސްގެ މޮޓޯކޭޑު ހުއްޓިފައި އޮވެފައި ސެކިއުރިޓީ ކުދިން ނުކުމެ އުޅޭތީ،" މަންޒަރު ދުށްމީހާ ބުންޏެވެ.

 

your imageރޭގެ އެއްވުމުގެ ތެރެއިން މީހަކު ހައްޔަރު ކުރަނީ

މައްސަލަ އަންނަނީ ބަލަމުން:

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ހުޅުމާލޭގައި އޮތް އިވެންޓަކަށް ވަޑައިގެން މާލެ ވަޑައިގެންނެވި މަގުމަތީގައި، ބޮޑުތަކުރުފާނު މަގުން، ޕީޕީއެމް އޮފީސް ދޮރުމަތިން އިދިކޮޅު ސަޕޯޓަރުން ރައީސް ސޯލިހްގެ މޮޓޮކޭޑަށް ހުރަސްއެޅި މައްސަލަގައި ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. 

ރައީސްގެ ސެކިއުރިޓި ކޮމާންޑަރު ކާނަލް އަބްދުﷲ އިބްރާހިމް މިއަދު ސަސްޕެންޑްކުރީ ރައީސް ސޯލިހުގެ މޮޓޯކޭޑަށް ރޭ އިދިކޮޅު ފަރާތްތަކުން ހުރަސް އެޅި މައްސަލަ ބަލަންފަށާފައި ވަނިކޮށެވެ. 

އެންއެންޑީއެފުން ބުނީ މިމައްސަލަ ބެލުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާއިރު، އަބްދުﷲ އިބްރާހިމް ސަސްޕެންޑްކޮށް ރައީސްގެ ސެކިއުރިޓީ ކޮމާންޑަރުކަމަށް ވަގުތީގޮތުން މޭޖަ އިބްރާހިމް ހަލީމް އައްޔަންކޮށްފައިވާ ކަމަށެވެ.

ރައީސްގެ މޮޓޮކޭޑަށް ރޭ ހުރަސްއެޅި މައްސަލަ އެމްއެންޑީއެފުން ބަލަމުން ގެންދާއިރު މިމައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށް އެމައްސަލަވެސް ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

your imageއެމްޑީޕީ ކެމްޕެއިން އިވެންޓެއްގައި ރައީސް ސާލިހު

މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީންވެސް މިހާރުވަނީ ބަލަން ފަށާފައެވެ.

ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނަކާއި އަންހެނެއް ކަމަށެވެ. އޭގެތެރެއިން އަންހެން މީހާއާއި ފިރިހެނަކަމަށް ކޯޓުން ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުނެއެވެ.

އަދި އަނެއް ދެ ފިރިހެނުންގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މީގެއިތުރުން ރޭ މުޒާހަރާއި ހައްޔަރުކުރި އަނެއް 17 މީހުން ޝަރުތުތަކާއެކު ކޯޓުން ވަނީ ބަންދުން ދޫކޮށްލާފަ ކަމަށްވެސް ފުލުހުން ބުނެއެވެ.

64%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް