ads
އޯޓިޒަމްއަށް ހޭލުންތެރިކުރުމުގެ ދުވަހާ ގުޅިގެން ނޫކުލައިން ހުޅުމާލޭގެ އިންޖީނުގެ ދިއްލާލާފައި - ފޮޓޯ:ސްޓެލްކޯ
އޯޓިޒަމްއަށް ހޭލުންތެރިކުރުމުގެ ދުވަހާ ގުޅިގެން ނޫކުލައިން ދިއްލާލައިފި
ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އޯޓިޒަމްއަށް ހޭލުންތެރިކުރުމުގެ ދުވަހާ ގުޅިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ އިންޖީނުގެތައް ނޫކުލައިން ދިއްލާލައިފިއެވެ.

ސްޓެލްކޯއިން ބުނީ އޯޓިޒަމްއަށް ހޭލުންތެރިކުރުމުގެ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނީގެ މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގެ އިންޖީނުގެ ނޫކުލައިން ދިއްލާލާފައިވާ ކަމަށެވެ.

އޯޓިޒަމް އާ މެދު ހޭލުންތެރި، އޯގާތެރި އަދި އެންމެންގެ ބައިވެރިވުން ހިމެނޭ މުޖުތަމައެއް ބިނާކުރުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.

your imageއޯޓިޒަމްއަށް ހޭލުންތެރިކުރުމުގެ ދުވަހާ ގުޅިގެން ނޫކުލައިން ވިލިމާލޭގެ އިންޖީނުގެ ދިއްލާލާފައި - ފޮޓޯ:ސްޓެލްކޯ

ކޮންމެ އަަހަރެއްގެވެސް އެޕްރީލް މަހުގެ ދެވަނަ ދުވަސް ފާހަގަކުރަނީ އޯޓިޒަމްއަށް ހޭލުންތެރިކުރުމުގެ ދުވަހުގެ ގޮތުގައެވެ. މި އަހަރު ދުނިޔޭގެ އޯޓިޒަމްއަށް ހޭލުންތެރިކުރުމުގެ ދުވަހަށް އދ ގެ ފަރާތުން ހާއްސަކޮށް ކަނޑައަޅާފައިވާ ޝިއާރަކީ 'ތަސައްވުރު ބަދަލުކުރުން: ސިކުނޑި މަސައްކަތްކުރާގޮތުގެ ތަފާތުކަން ޝާމިލުކުރާ ދުނިޔެއެއް އެންމެނަށް' ށެވެ.

މި ޝިއާރުގެ މައިގަނޑު މަގުސަދަކީ ގޭގެ މާހައުލާއި މަސައްކަތުގެ މާހައުލުގައި އަދި ފަންނުވެރިކަމާއި ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގައި އޯޓިޒަމް ހުންނަ ފަރާތްތަކުގެ ހިއްސާ އިތުރުކުރުމާއި އޯޓިޒަމް ހުންނަ ފަރާތްތައް "ފަރުވާއެއް ދީގެން ރަނގަޅުކުރުން" ނުވަތަ އެމީހުންގެ ސިކުނޑި މަސައްކަތް ކުރާ ގޮތް ތަފާތުވުމުގެ ސަބަބުން އަންނަ ވިސްނުމާއި އުޅުން "ބަދަލުކުރުމަށް" ދެކެވޭ ވާހަކަތަކާއި ކުރެވޭ މަސައްކަތްތަކާ ދުރަށް ގޮސް، އޭގެ ބަދަލުގައި އެ ތަފާތުތަކާ އެކު އެ މީހުން ބަލައިގަނެ އެ ފަރާތްތަކަށް ލިބެންވާ އެއްބާރުލުންދީ، އެ މީހުންގެ އަމިއްލަ ހައްގުތަކަށް ވަކާލާތުކުރުމުގެ ފުރުސަތު ލިބިދޭ ފަދަ މާހައުލެއް ގާއިމުކުރެވިފައިވާ ދުނިޔެއަކާ ދިމާއަށް އަޅުގަނޑުމެންގެ ވިސްނުމާއި ތަސައްވުރު ބަދަލުކުރުމަށް ބާރުއެޅުން ކަމަށް މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް