ads
ފިލްމުގެ ޕޯސްޓަރެއް---
ކޮރޯނާ ވައިރަހުގެ ސަބަބުން "އަނދިރިކަން"ގެ ޝޯތައް މެދުކަނޑާލައިފި
ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުމާ ގުޅިގެން ދިވެހި ފިލްމު "އަނދިރިކަން"ގެ ޝޯތައް ދެއްކުން މެދު ކަނޑާލައިފިއެވެ.
Advertisement

އެކަމާ ގުޅިގެން ފިލްމުގެ ޑައިރެކްޓަރު އަދި ލީޑު ރޯލުން ފެނިގެންދާ އަލީ ސީޒަން ބުނީ ފިލްމު ދެއްކުން މެދުކަނޑާލީ މީހުން ގިނައިން އެއްވާތަނަކަށް ދާން ގިނަ މީހުން ޖެހިލުންވާތީ ކަމަށާއި ސިއްހީ ރައްކާތެރިކަމަށް ބަލާފައި މިވަގުތު ފިލްމު އެލުވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރެވޭތީ ކަމަށެވެ.

ކޮރޯނާ ވައިރަހަށް ވާގޮތެއް ބަލެމަށްފަހު ފިލްމު އަލުން އަޅުވާނެ ތާރީހެއް ކަނޑައަޅާނެ ކަމަށް ވެސް ސީޒަން ވަނީ ބުނެފައެވެ.

އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމުގައި ފެނިގެންދަނީ ލޯތްބާއި އާއިލީ މައްސަލަތަކެކެވެ. ފިލްމުގައި ސީޒަންގެ އިތުރުން ޝީލާ ނަޖީބް އާއި އައިމިނަތު ރިޝްފާ އާއި ޒީނަތު އައްބާހާއި މަރިޔަމް ޝަކީލާ އަދި އަހުމަދު ސައީދު ވެސް ފެނިގެންދެއެވެ. 

އެފިލްމަކީ ވަރަށް މުހިއްމު މެސެޖެއް ފޯރުކޮށްދޭ ފިލްމެއް ކަމަށާއި އަސަރު ގަދަ ފިލްމުތަކަށް ލޯބިކުރާ މީހުން ވަރަށް ގަޔާވާނެ ކަހަލަ ފިލްމަކަށް ވާނެ ކަމަށް ސީޒަން ވަނީ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް