ads
ސަލްމާން ހާން އަދި އައިޝްވާރިއާ ރާއީ
ސަލްމާން ހާނާމެދު އައިޝްވާރިއާ ބުނަން އޮތީ ކީކޭ؟
ބޮލީވުޑުގެ މަޝްހޫރު ތަރި ސަލްމާން ހާން އާއި އައިޝްވާރިއާ ރާއީ ގެ ގުޅުމުގެ ވާހަކައަކީ މީޑިއާތަކުގައި ފަލަސުރީތަކުން ޖާގަ ހޯދި ވާހަކަތަކެކެވެ.

މި ދެތެރިންގެ ގުޅުން 1990 ގެ އަހަރުތަކުގައި ދެ އަހަރެއްހާ ދުވަހު ސިއްރުން ފެށި ލޯބީގެ ކުޅިވަރުގެ ވާހަކަ މުޅި ދުނިޔޭގެ ސަމާލުކަން ހޯދިއެވެ. 

އަނެއްކާވެސް މި ދުވަސްވަރަކީ އައިޝްވަރިއާ އާއި ސަލްމާން ހާންގެ ވާހަކަ މީޑިއާތަކުގައި ފެންމަތިވެފައިވާ ދުވަަސްވަރެކެވެ. މިފަހަރު މި ވާހަކަތައް ފެންމަތިވެފައިވަނީ ސަލްމާން ހާން އާއި އައިޝްވާރިއާ އެއް ދުވަސް ވަރެއްގައި ދެ ފިލްމު ނެރުމުންނެވެ. 

މިގޮތުން އައިޝްވާރިއާ ގެ ޓެމިލް ފިލްމު "ޕޮންނީން ސެލްވާން 2" އިއްޔެ ވަނީ ސިނެމާތަކުގައި ދައްކަން ފަށާފައެވެ. އަދި ސަލްމާން ހަންގެ "ކިސީކީ ބާއީ ކިސީކީ ޖާން" ވެސް އަންނަނީ ސިނަމާތަކުގައި ދައްކަމުންނެވެ. މިހެންކަމުން މި ދެ ތަރިންގެ ހަބަރުތައް އަންނަނީ ފަލަ ސުރުހީތަކުން ޖާގަ ހޯދަމުންނެވެ. އަދި ދެ ތަރިންގެ ވާހަކަ ވެސް އަންނަނީ ހޫނު ކަމާއެކު ސޯސަލް މީޑިއާގައި ވެސް ދައްކަމުންނެވެ. 

މިގޮތުން މިއަދު ވައިރަލްވާން ފަށާފައިވާ ވީޑިއޯއަކީ ތަންކޮޅެއް ކުރިން މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރުގެ "ކޮފީ ވިތް ކަރަން" ޝޯގައި އައިޝްވާރިއާ އާއި ސަލްމާން ހާން އާއި ގުޅޭގޮތުން ބުނެފައިވާ ބަސްކޮޅެކެވެ. އެގޮތުން ބައެއް ތަރިންގެ ނަން ބުނުމުން އެ ތަރިންނާ ގުޅޭގޮތުން ފެންނަ އެއްޗެއް ބުނުމަށް އައިޝްވާރިއާއަށް ކަރަން ޖޯހަރު ފުރުސަތު ދެއެވެ. 

ސަލްމާން ހާންގެ ނަން ބުނުމުން އައިޝްވާރިއާ ބުނެފައިވަނީ، "ދެން އޮތް ސުވާލު ކޮށްލާ" މިހެނެވެ. މާނައަކީ ސަލްމާން ހާން އާއި ގުޅޭގޮތުން ވާހަކަ ދައްކަން އައިސްވާރިއާ ބޭނުން ނުވާކަމެކެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް