ads
އުކުޅަހު ކައުންސިލް އިދާރާ ދޮރުމައްޗަށް ބޮއްކުރައެއް އެހެލާފައި
ސަފާރީއަކުން ރާ ވިއްކާތީ އުކުޅަހުގައި އިހުތިޖާޖް ކުރަނީ
އއ އުކުޅަސް ފަޅުގައި އަޅާފައި އޮތް ސަފާރީއަކުން ރަށުތެރެއަށް ރާ ވިއްކާ ކަމުގެ ތުހުމަތުކޮށް ރަށު ރައްޔިތުން އިހްތިޖާޖް ކުރަމުން އެބަގެންދެއެވެ.

އުކުޅަހަކީ ގެސްޓް ހައުސް ވިޔަފާރި ކުރާ ރަށެއްނަމަވެސް ރަށުތެރޭގައި ސަފާރީތައް ބާއްވައިގެން ރާ ވިއްކާ ރަށެއް ނޫނެވެ.

ނަމަވެސް އެރަށު ފަޅުތެރޭގައި އޮތް ސަފާރީއަކުން ބަނގުރާ ވިއްކާކަމުގެ ތުހުމަތު މީގެކުރިވެސް ކުރެވުނެވެ. އެމައްސަލަ ފުލުހުންށާއި ކައުންސިލަށްވެސް ކުރިން ހުށަހެޅިއެވެ.

އުކުޅަހު ކައުންސިލުން ބުނީ ސަފާރީއަކީ މަރާމާތައް އައިސް އޮތް ސަފާރީއެއްކަމަށާއި، ކޯޓް އަމުރެއް ލިބުމުން ސަފާރީ ފަޅުން ނެރޭނެ ކަމަށެވެ.

ރަށުން ވާހަކަދެއްކި ބައެއް މީހުން ބުނީ މީގެކުރިންވެސް އެމައްސަލަ ކައުންސިލަށް ހުށަހެޅިކަމަށާއި ނަމަވެސް ކައުންސިލުން އެކަމާ އަޅާވެސް ނުލިކަމަށެވެ.

އެހެންކަމުން ރޭން ފެށިގެން ރައްޔިތުންގެ ބަޔަކުވަނީ ކައުންސިލަށް ވަދެ އިހްތިޖާޖު ކުރަމުން ގޮސްއެވެ. އަދި މިއަދު ހެނދުނު ބަޔަކުވަނީ ކައުންސިލް އިދާރާއަށް ނުވަދެވޭގޮތަށް ދޮރުމައްޗަށް ބޮއްކުރައެއް އެހެލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް