ads
އެމްޑީޕީން މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: އެމްޑީޕީ
12 މެންބަރުން ވަކިވުމަކީ ރިހޭ ދަތެއް ވެއްޓުން: ފައްޔާޒް
އެމްޑީޕީން 12 މެންބަރުން ވަކިވުމަކީ ރިހޭ ދަތެއް ވެއްޓުން ފަދަ ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ސިފަ ކުރައްވައިފި އެވެ.

އެމްޑީޕީން ރިޔާސީ އިންތިހާބުގެ ކުރިން މެނިފެސްޓޯ އެކުލަވާލުމަށް މައުލުމާތު އެއް ކުރުމަށްޓަކައި ފެށި ހަރަކާތުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުުވީ ފާއިތުވެ ދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި އެ މެންބަރުންގެ ތާއީދު އެމްޑީޕީއަށް ނުލިބޭ ކަމަށެވެ. 

މި ނޫސްވެރިންގެ ބައްދަލުވުމަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ 12 މެންބަރުން ޕާޓީ ދޫކޮށްލި ފަހުން އެ ޕާޓީން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ. 

ފައްޔާޒް ވިދާޅުވީ އެ ބޭފުޅުން އަލުން ޕާޓީއަށް ތާއިދު ކުރައްވާނެ ކަމަށް އަބަދުވެސް އުންމީދު ކުރެއްވި ކަމަށެވެ. ނަމަވެސް ސިޔާސީ ހަރަކާތްތަކުގައި ހިސާބު ޖެއްސެވި އިރު އެބޭފުޅުންގެ ތާއީދު ނުގުނާ ކަމަށްވެސް ފައްޔާޒް ވިދާޅުވި އެވެ. 

ރިޔާސީ އިންތިހާބުގެ ހިސާބުތައް ޖެއްސެވި އިރު އެ މެންބަރުން ނުގުނާ ކަމަށާއި އެހެން ކަމުން އެ މެންބަރުން ޕާޓީން ވަކިވިޔަސް އެއީ ގެއްލޭ ނަންބަރެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން އިންތިހާބަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ. 

"އަޅުގަނޑަށް އިހުސާސް ކުރެވުނީ ވަރަށް ބޮޑަށް ރިހޭ ދަތެއް ހެނދުނު ހޭލި އިރު ވެއްޓިފައި އޮތުން. މާ ބޮޑު ކަންބޮޑުވުމެއް އޭގައި ނެތް،" - ފައްޔާޒް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުންތަކެއް ވަނީ އެމްޑީޕީން ވަކިވެ ވަޑައިގެންފައިވާ އިރު އެ ބޭފުޅުން އެހެން ޕާޓީއެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ ވާހަކަތަކެއްވެސް ވަނީ ފެތުރިފަ އެވެ. މީގެ އިތުރުން ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގެ އިޝާރާތެއްވެސް ދެއްވާފަ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް