ads
ރެޑްބުލް ހާފްކޯޓް ބާސްކެޓްބޯލް މުބާރާތް ފަށައިގެން ކުރިއަށް ދަނީ - ފޮޓޯ:އާބަންކޯ
ރެޑްބުލް ހާފްކޯޓް ބާސްކެޓްބޯލް މުބާރާތް ފަށައިގެން ކުރިއަށް ދަނީ
އާބަންކޯއިން ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ރެޑްބުލް ހާފް ކޯޓް ބާސްކެޓްބޯލް މުބާރާތް ފަށައިގެން ކުރިއަށް އެބަދެއެވެ.

ރެޑްބުލް ހާފް ކޯޓް ބާސްކެޓްބޯލް މުބާރާތުގެ ހޯސްޓިން ޕާޓްނަރަކީ އާބަންކޯއެވެ. އާބަންކޯއިން ބުނީ މި މުބާރާތް ކުރިއަށް ގެންދަނީ ހުޅުމާލޭގެ ބާސްކެޓްބޯލް ކޯޓުގައި ކަމަށެވެ. މި މަހުގެ 18 ވަނަ ދުވަހު ހަވީރު ފެށި މި މުބާރާތް ކުރިއަށް ދާނީ މިއަދުގެ ނިޔަލަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އާބަންކޯ އިން ބުނި ގޮތުގައި އެ ކޯޕަރޭޝަނަކީ އަބަދުވެސް ޒުވާނުންގެ ކުރިއެރުމާއި ކުޅިވަރުތަކަށް ހުޅުމާލޭގައި ފުރުސަތު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކޯޕަރޭޝަނަކަށް ވާއިރު، މި މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީވެސް އެ މަގުސަދުގައި ކަމުގައެވެ. އެގޮތުން މި މުބާރާތަކީ ބާސްކެޓްބޯލް ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދީ، ހުނަރުވެރިކަން ކުރިއެރުވުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް އާބަންކޯއިން ބުނެއެވެ.

your imageރެޑްބުލް ހާފްކޯޓް ބާސްކެޓްބޯލް މުބާރާތް ފަށައިގެން ކުރިއަށް ދަނީ - ފޮޓޯ:އާބަންކޯ

އާބަންކޯ އިން ބުނެފައިވަނީ މި މުބާރާތަކީ ދުނިޔޭގެ 29 ގައުމަކުން ބައިވެރިވާ ބޮޑު މުބާރާތެއްގެ ކޮލިފައިން ރައުންޑްތަކެއް ކަމަށެވެ. އެގޮތުން ހުޅުމާލޭގައި މި ބާއްވާ މާލެ ސިޓީ ކޮލިފައިންއަށް ފަހު ނެޝަނަލް ފައިނަލްސްއިން ހޮވޭ ޓީމަކަށް އިންޓަނޭޝަނަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް