ފައިވް ނޭޝަންސް ކަޕަށް އިންޑިއާއަށް ފުރި ގައުމީ ޓީމްގައި ހިމެނެނީ 18 ކުޅުންތެރިންނެވެ. ދެ ހަފްތާގެ ތަމްރީން ތަކަށް ފަހު، ޓީމުން ހަ ކުޅުންތެރިން އެލިމިނޭޓްކޮށް، މުބާރާތުގައި ވާދަކުރާ ފައިނަލް 12 ކުޅުންތެރިން ކަނޑައަޅާނެއެވެ. މުބާރާތް އޮންނާނީ ޖޫން 14 އިން 22 އަށެވެ.
ގައުމީ ޓީމު އިންޑީޔާއަށް ގޮސް ކޭމްޕް ކުރާނީ ބެންގަލޫރުގެ ޕަޑުކޯން ޑްރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގައި އެވެ. މި ކޭމްޕްގައި ޕްރެކްޓިސް ފަސް މެޗެއް ކުޅޭނެ އެވެ.
މާލޭގައި ބާއްވާ ފައިވް ނޭޝަންސް ކަޕްގައި ވާދަކުރާނީ ރާއްޖެއާއެކު، ބަންގްލަދޭޝް، ބޫޓާން, ޕާކިސްތާން އަދި ނޭޕާލް އެވެ.