ads
ގައުމީ ކޯޗު ޒިލާ
މާގިނަ ވާހަކަ ނުދައްކައި ބޭނުމީ ނަތީޖާ ނެރެން
މިއަދު މާލޭގައި ފަށާ ފައިވް ނޭޝަންސް ކަޕް ބާސްކެޓްބޯޅަ މުބާރާތުގައި ބޭނުންވަނީ މާ ގިނަ ވާހަކަ ނުދައްކައި ނަތީޖާ ނެރެން ކަމަށް ގައުމީ ބާސްކެޓްބޯޅަ ޓީމުން ބުނެފިއެވެ.

މިއަދުން ފެށިގެން މި މަހުގެ 22 އަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ފިރިހެން އިންވިޓޭޝަނަލް މުބާރާތެކެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ޕާކިސްތާނެވެ.

މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމުން ވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޕަޑުކޯން ޑްރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގައި ދެ ހަފްތާގެ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

މުބާރާތާ ގުޅޭ ގޮތުން ގައުމީ ޓީމުގެ ކެޕްޓަން އަހުމަދު ޒަބީރު (ޒަބީ) ބުނީ ބޭނުންވަނީ މާ ގިނަ ވާހަކަ ނުދައްކައި ނަތީޖާ ނެރެން ކަމަށެވެ. 

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކުޅޭނީ، ނޭޕާލާ ބޫޓާނެވެ. އެއަށް ފަހު މިރޭ ރާއްޖެއާ ބަންގްލަދޭޝްގެ މެޗު އޮންނާނެއެވެ.

މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ވަނީ އިންޑިއާގެ ޕަޑުކޯން ރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގައި 14 ދުވަހުގެ ކޭމްޕެއް ކުރިޔަށް ގެންގޮސްފައެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް