ads
މޯލްޑިވްސް ލިވިން އެކްސްޕޯގެ 11 ވަނަ އެޑިޝަންގެ ޓައިޓަލް ސްޕޮންސަރުކަމަށް ހައިރައިސް އިންޓަނޭޝަނަލް އާއި އާބަންކޯއިން އެއްބަސްވުމެއްގައި ސޮއިކުރުން - ފޮޓޯ:އާބަންކޯ
މޯލްޑިވްސް ލިވިން އެކްސްޕޯގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކަށް އާބަންކޯ
މޯލްޑިވްސް ލިވިން އެކްސްޕޯގެ 11 ވަނަ އެޑިޝަންގެ ޓައިޓަލް ސްޕޮންސަރުކަމަށް ހައިރައިސް އިންޓަނޭޝަނަލް އާއި އާބަންކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އާބަންކޯއިން ބުނީ މިފަހަރުގެ ލިވިން އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ. 

ހައިރައިޒް އިންޓަނޭޝަނަލްއިން 2013 ވަނަ އަހަރު ފެށި މޯލްޑިވްސް ލިވިން އެކްސްޕޯއަކީ ބޯހިޔާވަހިކަމާއި ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭގޮތަށް ރާއްޖޭގައި ބާއްވާ މިފަދަ ހަމައެކަނި ހަރަކާތް ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނި ގޮތުގައި މިއަހަރުގެ ލިވިން އެކްސްޕޯގައިވެސް ކުރީގެ އެކްސްޕޯތަކެކޭ އެއްފަދައިން ބޯހިޔާވަހިކަން ހޯދުމަށް ރާއްޖޭގައި ހުރި ހަރުދަނާ ފުރުސަތުތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި އިންވެސްޓަރުންނާ އެކު އިންޓަރެކްޓިވް ނެޓްވޯކިން ޕްލެޓްފޯމެއް ގާއިމްކުރެވޭނެ ކަމުގައެވެ. 

އޭގެ ތެރޭގައި ޕްރޮޕަޓީ ޑެވެލޮޕަރުންނާއި އިންޓީރިއާ ޑިޒައިނިން އަދި ފާނިޗަރު ވިޔަފާރިތަކާއި ބޯހިޔާވަހިކަމަށް ފައިނޭންސް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ އިދާރާތައް ހިމެނޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އާބަންކޯއިން ބުނެފައިވަނީ މި އެކްސްޕޯގެ ތެރޭގައި ބޯހިޔާވަހިކަމާއި ގެދޮރާ ގުޅުން ހުރި އެންމެފަހުގެ މައުލޫމާތުތައް އާންމުންނަށް ލިބިގެންދާނެ ކަމަށެވެ. 

އާބަންކޯގެ ސްކޯޕް ބޮޑުކޮށް، އާބަން ސިޓީ ޑެވެލޮޕްމަންޓަށް ފޯކަސް ކުރަމުން އަންނައިރު މި އެކްސްޕޯއަކީ އެކަމަށް އަލިމަގެއް ދައްކުވައިދޭ ފަދަ އެކްސްޕޯއެއް ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނި ގޮތުގައި މި އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކަށް ވުމަކީ އެ ކޯޕަރޭޝަނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް