ads
ބޫޓާން - ނޭޕާލް ކުޅުނު މެޗުގެ ތެރެއިން
ފައިވް ނޭޝަންސް ކަޕް: ފުރަތަމަ މެޗު ބޫޓާނަށް
މާލޭގައި މިއަދު ފެށި، ފައިވް ނޭޝަންސް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން ބޫޓާން މޮޅުވެއްޖެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ބޫޓާން މިއަދު މޮޅުވީ ނޭޕާލާ ވާދަކޮށެވެ. މި މުބާރާތުގައި ބޫޓާނާ ނޭޕާލުގެ އިތުރުން ދެން ކުޅެނީ ރާއްޖެއާ، ބަންގްލަދޭޝް އަދި ޕާކިސްތާނެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި މިރޭ ކުޅޭނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ބޫޓާނާ ނޭޕާލު ކުޅުނު މެޗުން ބޫޓާން މޮޅުވީ 61-55 ޕޮއިންޓުންނެވެ. މެޗު ފަށައިގެން ރަނގަޅަށް ކުޅެމުންދިޔައީވެސް ބޫޓާނުންނެވެ. ހަތަރު ކުއާޓާގައިވެސް ބޫޓާނުން ރަނގަޅަށް ކުޅެ، ނޭޕާލަށް މާ ބޮޑު ފުރުސަތެއް ދީފައެއްވެސް ނުވެއެވެ.

ރާއްޖޭގެ ފުރަތަމަ މެޗު މިރޭ އޮންނަ އިރު، މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމުން ވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޕަޑުކޯން ޑްރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގައި ދެ ހަފްތާގެ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މި މުބާރާތާ ގުޅޭ ގޮތުން މާ ގިނަ ވާހަކަ ނުދައްކައި ނަތީޖާ ނެރެން ކަމަށް ގައުމީ ބާސްކެޓްބޯޅަ ޓީމުންވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް